logo
Bank of Maldives

Bank of Maldives

ޚަބަރު

ފޮރިން މިނިސްޓަރު ހަލީލް އިންޑިއާއަށް ވަޑައިގެންފި

ސުދާ ލަތީފް
3 ޖެނުއަރީ 2025 - 06:58
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އިންޑިއާ ސަފީރާއެކު
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އިންޑިއާ ސަފީރާއެކު

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ރަސްމީ ދަތުރެއްގައި ރޭ އިންޑިއާއަށް ވަޑައިގެންފި އެވެ.

ހަލީލް "އެކްސް" ގައި ވިދާޅުވީ އިންޑިއާއަށް ކުރައްވާ ދަތުރަކީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރުއާ ބައްދަލު ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހަލީލް ވިދާޅުވީ މި ދަތުރުފުޅުގައި ދެ ގައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށް ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާތަކެއް ކުރެވޭނެ ކަމަށެވެ.

މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 30، ގައި ފޮރިން މިނިސްޓަރުގެ މަގާމާ ހަލީލް ހަވާލުވެވަޑައިގެންނެވި ފަހުން ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

މިދިޔަ އަހަރު ފެށުނުއިރު ރާއްޖެ އާއި އިންްޑިއާއާ ދެމެދު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ނަމަވެސް ފަހުން ދެ ގައުމުގެ ގުޅުން މަޑުމަޑުން ރަނގަޅުވި އެވެ.

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވީ ޖަޔަޝަންކަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު އިިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރަށްފަހު އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައިއޭއީއޭގެ މެމްބަރުކަން ހޯދަން ރާއްޖެއިން ހުށަހެޅި ހުށަހެޅުން ބަލައިގަންނަން ފާސްކޮށްފިޚަބަރު | ދުވަހެއް ކުރިންއިންޑިއާގެ 50 މިލިއަން ޑޮލަރުގެ ލޯނު ދެއްކުން އަނެއްކާ ވެސް ފަސްކޮށްދީފިޚަބަރު | 4 މަސް ކުރިންޕާކިސްތާނުގައި ތިބި ދިވެހިންގެ ހާލަތު ދަނީ ގާތުން ބަލަމުން: ފޮރިން މިނިސްޓްރީޚަބަރު | 4 މަސް ކުރިންފަލަސްތީނު ރައްޔިތުން ސައުދީއަށް ފޮނުވާލަން ބުނުމުން އެކަން ކުށްވެރިކޮށްފި ޚަބަރު | 7 މަސް ކުރިން