logo
Bank of Maldives

Bank of Maldives

ޚަބަރު

ހަލީލް، ރަސްމީ ދަތުރެއްގައި ބެލްޖިއަމަށް

އާމިނަތު ޝަފާ
19 ނޮވެމްބަރު 2025 - 04:12
ހަލީލް، ރަސްމީ ދަތުރެއްގައި ބެލްޖިއަމަށް

ހައި-ރެޕްރެޒެންޓޭޓިވް ފޮރ ފޮރިން އެފެއާޒް އެންޑް ސެކިއުރިޓީ ޕޮލިސީ އަދި ޔޫރަޕިއަން ކޮމިޝަންގެ ވައިސް ޕްރެޒިޑެންޓް، ކާޔާ ކަލާސްގެ ދަޢުވަތުފުޅަކަށް ހަތަރު ވަނަ ޔޫރަޕިއަން ޔޫނިއަން އިންޑޯ-ޕެސިފިކް މިނިސްޓީރިއަލް ފޯރަމް ގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު، ޑރ. ޢަބްދުالله ޚަލީލް މިރޭ ބެލްޖިއަމް އަށް ފުރާވަޑައިގެންފިއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

މި ފޯރަމް ކުރިއަށް ދާނީ މި މަހުގެ 20 އިން 21 އަށް ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގައެވެ. އަދި، މި ފޯރަމް އަކީ ޔޫރަޕިއަން ޔޫނިއަން އާއި އިންޑޯ-ޕެސިފިކް ސަރަހައްދަށް ނިސްބަތްވާ ޤައުމުތަކާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބިގެންދާ ވަރަށް ރަގަޅު ފުރުޞަތެކެވެ.

 

މި ފޯރަމްގެ ތެރެއިން "ކޮމަން އެންޑޭވާރސް ފޮރ އަ ކްލީން އެންޑް ސަސްޓެއިނަބަލް ފިއުޗަރ" ގެ ނަމުގައި ބާއްވާ ރައުންޑްޓޭބަލް ސެޝަނެއްގައި ޚާރިޖީ ވަޒީރު ޑރ. ޚަލީލް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިއެވެ. އަދި، ޚާރިޖީ ވަޒީރު މި ފޯރަމްގެ ޙަވާސާގެ ތެރެއިން ރަޙްމަތްތެރި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

 

ދިވެހިރާއްޖެ މި ފޯރަމްގައި ތަމްސީލުކުރުމަކީ ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ގުޅުން ދެމެހެއްޓުމަށް ދިވެހިރާއްޖެއިން އިސްކަންދޭ މިންވަރު ދައްކުވައިދިނުމަށް ލިބިގެންދާނެ މުހިއްމު ފުރުޞަތެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަލީލް، ރަސްމީ ދަތުރެއްގައި ބެލްޖިއަމަށްޚަބަރު | 2 ގަޑިއިރު ކުރިންޖެނެރޭޝަން ބޭންއަކީ ބައިނަލްއަގުމާވީ ފެންވަރުގައި ލިބުނު ކާމިޔާބީއެއް: މިނިސްޓަރ ހަލީލްޚަބަރު | 18 ދުވަސް ކުރިންއިންޑިއާގެ 50 މިލިއަން ޑޮލަރުގެ ލޯނު ދެއްކުން އަނެއްކާ ވެސް ފަސްކޮށްދީފިޚަބަރު | 6 މަސް ކުރިންފޮރިން މިނިސްޓަރ ޚަލީލް ރަސްމީ ދަތުރުފުޅެއްގައި ޔޫ.އޭ.އީ. އަށް ފުރާވަޑައިގެންފިޚަބަރު | 10 މަސް ކުރިން