logo
E-Platinum
ޚަބަރު

އިންޑިއާގެ 50 މިލިއަން ޑޮލަރުގެ ލޯނު ދެއްކުން އަނެއްކާ ވެސް ފަސްކޮށްދީފި

އާމިނަތު ޝަފާ
12 މޭ 2025 - 05:54
އިންޑިއާގެ 50 މިލިއަން ޑޮލަރުގެ ލޯނު ދެއްކުން އަނެއްކާ ވެސް ފަސްކޮށްދީފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން އިންޑިއާ މެދުވެރިކޮށް ނެގި 50 މިލިއަން ޑޮލަރުގެ ލޯން ދެއްކުން ފަސްކޮށްދީފިއެވެ.

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި މިކަން ހާމަކުރައްވާފައިވާއިރު މި ލޯނަކީ މި މަހުގެ ތެރޭގައި ރާއްޖެ އިން އިންޑިއާ އަށް ދައްކަން ޖެހޭ ލޯނެކެވެ. މިދިޔަ އަހަރުގެ ތެޜޭގައިވެސް އިންޑިއާ ސަރުކާރުން ވަނީ މި ލޯނު ދެއްކުން އެއް އަހަރަށް ފަސްކޮށްދީފައެވެ.

އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް 50 މިލިއަން ޑޮލަރުގެ ބަޖެޓް ސަޕޯޓްގެ އެހީތެރިކަން ދީފިއެވެ. މި އެހީއަކީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުމުގެ މުއްދަތު، 12 މެއި 2025 އިން ފެށިގެން އިތުރު އަހަރަކަށް އިތުރުކޮށްދެއްވުމެވެ. މި ދީލަތި އެހީއިން އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ރަޚްމަތްތެރިކަމުގެ ގުޅުން ހާމަކޮށްދޭކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

ސަރުކާރުންވަނީ ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެމުން ގެންދާ ދީލަތި އެހީތެރިކަން ފާހަގަކޮށް، އަދި ހާއްސަކޮށް މި އެހީތެރިކަމުގެ ސަބަބުން ދިވެހި ސަރުކާރުން ކުރަމުން އަންނަ ފިސްކަލް ރިފޯމްގެ މަސައްކަތްތަކަށް ލުޔެއް ލިބިގެންދާނެކަން ފާހަގަކުރައްވާފައެވެ.

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޑިއާގެ 50 މިލިއަން ޑޮލަރުގެ ލޯނު ދެއްކުން އަނެއްކާ ވެސް ފަސްކޮށްދީފިޚަބަރު | 3 މަސް ކުރިންފޮރިން މިނިސްޓަރ ޚަލީލް ރަސްމީ ދަތުރުފުޅެއްގައި ޔޫ.އޭ.އީ. އަށް ފުރާވަޑައިގެންފިޚަބަރު | 7 މަސް ކުރިންފޮރިން މިނިސްޓަރު ހަލީލް އިންޑިއާއަށް ވަޑައިގެންފިޚަބަރު | 7 މަސް ކުރިން