logo
އަމިއްލަ ކެންޑިޑޭޓު އިބްރާހީމްގެ ތާއީދު ޕީއެންސީގެ އަރީޝަށްBank of Maldives

Bank of Maldives

ކުޅިވަރު

ބަތްޕެންތަ؟ ގޮޅަ ރިހަތަ؟ ގޯލްޑަން ޗެރިޓީ ގަދަހިފުން މިރޭ

އަބްދުﷲ ޣާނިމް
4 ޖެނުއަރީ 2025 - 10:39
ޗެރިޓީ ޝީލްޑުގައި މިރޭ އޭދަފުއްޓާއި ލ. ގަން ބައްދަލުކުރާނެ
ޗެރިޓީ ޝީލްޑުގައި މިރޭ އޭދަފުއްޓާއި ލ. ގަން ބައްދަލުކުރާނެ

ބ. އޭދަފުށީގެ ބަތްޕެނާއި ލ. ގަމުގެ ގޮޅަ ރިހައިގެ ގަދަހިފުމަކަށް ތައްޔާރުވެއްޖެއެވެ. ގޯލްޑަން ފުޓްސަލް މުބާރާތުގެ ޝީލްޑް މެޗުގައި މިދިޔަ އަހަރުގެ ޗެންޕިއަން ޓީމުގެ ގޮތުގައި އޭދަފުށި ނިކުންނައިރު، ލ. ގަން ނިކުންނާނީ 2023 ވަނަ އަހަރުގެ ޗެންޕިއަން ޓީމުގެ ގޮތުގައެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ގޯލްޑަން ފުޓްސަލް މުބާރާތުގެ ފައިނަލުގައި މިދިޔަ އަހަރުގައި ބައްދަލުކުރީވެސް މިދެޓީމެވެ. އެގޮތުން ފައިނަލުގައި އޭދަފުށި ވަނީ 2-4 އިން ގަމުގެ މައްޗަށް ކުރިހޯދާފައެވެ. އެހެންކަމުން މިރޭގައި ގަމުން ނިކުންނާނީ އޭދަފުށީގެ ކިބައިން ބަދަލު ހިފުމަށްކަމަށް ބެލެވެއެވެ.

 

2023 ވަނަ އަހަރުގެ ގޯލްޑަން ފުޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަން ހޯދުމަށްފަހު، މިދިޔަ އަހަރުގެ ޗެރިޓީ ޝީލްޑު ތިމަރަފުއްޓާއި ވާދަކޮށް ކާމިޔާބުކުރީ ލ. ގަމެވެ. އެހެންކަމުން މިމެޗުވާނީ ހުރިހާ ގޮތަކުންވެސް ފޯރިގަދަ މެޗަކަށެވެ. މި މެޗު ކުޅޭނީ މިރޭ 20:30 ގައި ރެހެންދި ފުޓްސަލް ގުރައުންޑް 1 ގައެވެ.

 

މިއީ މިމުބާރާތުގެ ޗެންޕިއަން ޓީމުތަކުގެ މެދުގައި ޝީލްޑް މެޗުކުޅޭ ތިންވަނަ ފަހަރެވެ. މީގެ ކުރިން ގާފަރުވެސް ވަނީ ތިމަރަފުށި ބަލިކޮށް ޝީލްޑް ކާމިޔާބުކޮށްފައެވެ.

 

129 ޓީމާއެކު މިއަހަރުގެ ގޯލްޑަން ފުޓްސަލް މުބާރާތް މިރޭ ފަށާއިރު، ޖުމްލަ 300 އަށްވުރެ ގިނަ މެޗުކުޅޭގޮތަށް ހަމަޖެހިފައިވެއެވެ. މިރޭގެ މުބާރާތުގެ ހުޅުވުމުގެ ރަސްމިޔާތުގައި ތަފާތު ގިނަހަރަކާރްތަކެއް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ. މުބާރާތުގެ ހުރިހާ މެޗުތަކެއް ކުޅެން ހަމަޖެހިފައިވަނީ ހުޅުމާލޭގެ ރެހެންދި ފުޓްސަލް ދަނޑުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލް މެޗު، ނައިބު ރައީސް ޝަރަފްވެރިކޮށްދެއްވައިފިޚަބަރު | މަހެއް ކުރިންއެންމެފަހުގެ ޗެންޕިއަން ކާށިދޫ ބަލިކޮށް ޗެރިޓީ ޝީލްޑް އޭދަފުއްޓަށްކުޅިވަރު | 2 މަސް ކުރިންގޯލްޑަން ފުޓްސަލް މުބާރާތް 2026 ގައި ރެޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލައިފިކުޅިވަރު | 8 މަސް ކުރިންރާއްޖޭގެ އާ ފުޓްސަލް ޗެމްޕިއަން ކާށިދޫ އަށް ރަށުން ހޫނު މަރުހަބާ އެއްކުޅިވަރު | އަހަރެއް ކުރިން