logoEN
ކުޅިވަރު

ރާއްޖޭގެ އާ ފުޓްސަލް ޗެމްޕިއަން ކާށިދޫ އަށް ރަށުން ހޫނު މަރުހަބާ އެއް

ކާށިދޫއިން ވަނީ ހޫނު މަރުޙަބާއެއް އެޓީމަށް ކިޔާފައި. ފޮޓޯ: އަދަދު

ކާށިދޫއިން ވަނީ ހޫނު މަރުޙަބާއެއް އެޓީމަށް ކިޔާފައި. ފޮޓޯ: އަދަދު

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

27 ފެބްރުއަރީ 2025 - 07:23

ރާއްޖޭގައި ބާއްވާ ފުޓްސަލްގެ އެންމެ ބޮޑު މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ކާމިޔާބުކޮށް، ޗެމްޕިއަން ތައްޓާއެކު ކާށިދޫ އަށް އައުމުން އެ ރަށު ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

ކާށިދޫ އިން މި އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖް ކާމިޔާބުކޮށްފައިވަނީ ފައިނަލް މެޗުގައި ހދ. ނައިވާދޫގެ މައްޗަށް 4-1 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މި ކާމިޔާބީއާއެކު ކާށިދޫ ވަނީ ރާއްޖޭގެ ފުޓްސަލްގެ ތާރީޚުގައި އާ ސަފުހާއެއް ލިޔެފައެވެ.

ކާށިދޫގެ މި ކާމިޔާބީއަކީ ގިނަ ބަޔަކަށް ހައިރާންކަން ގެނުވި ކަމަކަށް ވެފައިވާއިރު، ފައިނަލަށް ދިއުމުގެ ކުރިން އެ ޓީމުން ވަނީ ބޮޑެތި ގިނަ ޓީމުތަކެއް ބަލިކޮށްފައެވެ. އެގޮތުން ކ. އަތޮޅު ސެމީ ފައިނަލުގައި ގާފަރު ބަލިކުރިއިރު، ގަދަ 16 ގައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، ތ. ތިމަރަފުށި ބަލިކޮށް، ކުއާޓާ ފައިނަލުގައި ވިލިމާލެ އަދި ސެމީ ފައިނަލުގައި ގދ. ވާދޫގެ މައްޗަށް ކުރިހޯދާފައިވެއެވެ.

ޗެމްޕިއަން ޓީމަށް މަރުހަބާ ކިޔުމަށް ބޭއްވި ހަފްލާގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވާއިރު، މި ރަސްމިއްޔާތު އިންތިޒާމުކޮށްފައިވަނީ ރަށު ކައުންސިލުންނެވެ. "މިއީ އަޅުގަނޑުމެން ނުދެކޭ ހުވަފެނެއް. ކާށިދޫ ފުޓްސަލްގެ ރަސްކަމަށް އަރާނެ ކަމަކަށް ހީވެސް ނުކުރަން،" ރަސްމިއްޔާތުގައި ރައްޔިތުންގެ ފަރާތުން ވާހަކަދެއްކި ބޭފުޅަކު ވިދާޅުވިއެވެ.

ކާށިދޫގެ މި ކާމިޔާބީއާއެކު ރަށުގެ ރައްޔިތުން އުންމީދުކުރަނީ ކުރިއަށް އޮތް އަހަރުތަކުގައިވެސް މި ކާމިޔާބީ ތަކުރާރުކުރެވޭނެ ކަމަށެވެ. އަދި މިފަދަ ކާމިޔާބީތަކަކީ ޒުވާނުންނަށް ކުޅިވަރުގެ ދާއިރާއިން ކުރިއަށް ދިއުމަށް ލިބޭ ހިތްވަރެއް ކަމުގައި ރައްޔިތުން ފާހަގަކުރެއެވެ.

ކޮމެންޓް

871x217_placeholder