logo
E-Platinum
ކުޅިވަރު

ގޯލްޑަން ފުޓްސަލް މުބާރާތް 2026 ގައި ރެޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލައިފި

އަބްދުﷲ ޣާނިމް
10 ޖުލައި 2025 - 06:05
ގޯލްޑަން ފުޓްސަލް މުބާރާތުގެ މިއަހަރުގެ ޗެންޕިއަން ޓީމު ކާށިދޫ - ފޮޓޯ: ގޯލްޑަން ފުޓްބޯލް އެސޯސިއޭޝަން
ގޯލްޑަން ފުޓްސަލް މުބާރާތުގެ މިއަހަރުގެ ޗެންޕިއަން ޓީމު ކާށިދޫ - ފޮޓޯ: ގޯލްޑަން ފުޓްބޯލް އެސޯސިއޭޝަން

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ 2026 ވަނަ އަހަރުގެ މުބާރާތް ޖެނުއަރީ 4 ވަނަ ދުވަހު ފެށުމަށް ނިންމައި، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރަތަމަ މަރުހަލާ ހުޅުވާލެވިފައިވަނީ އޮކްޓޯބަރު 10 ވަނަ ދުވަހާ ހަމައަށް ރަށު ކައުންސިލްތަކަށެވެ. އެ މުއްދަތުގައި ކައުންސިލްތަކުން ބައިވެރިނުވާ ރަށްރަށުން، އެންމެ ފަހުގެ މެނޭޖްމަންޓަށް ފުރުސަތު ލިބޭނެއެވެ. އަދި، ކައުންސިލާއި އެންމެ ފަހުގެ މެނޭޖްމަންޓުން ބައިވެރިނުވާ ހާލަތެއްގައި، އާ މެނޭޖްމަންޓަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ދެވޭނެއެވެ.

މީގެ އިތުރުން މިފަހަރުގެ މުބާރާތުގައި ގަވާއިދުތަކަށްވެސް ވަނީ ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މުބާރާތުގެ ގަވާއިދަށް ގެނެވުނު އެންމެ ބޮޑު ބަދަލަކީ، ކުރިން އެއް އަހަރު މުބާރާތް ނުކުޅެ ހުރުމަށްފަހު ރަށް ބަދަލުކޮށްގެން އެހެން ރަށަކަށް ކުޅެވޭ ގޮތަށް އޮތް އޮތުން ތިން އަހަރަށް ބަދަލުކުރުމެވެ. މިގޮތުން 2026 ވަނަ އަހަރުގެ މުބާރާތުގައި ރަޖިސްޓްރީ ބަދަލުކޮށްގެން ކުޅެވޭނީ 2023، 2024 އަދި 2025 ގެ މުބާރާތުގައި ނުކުޅޭ ކުޅުންތެރިންނަށް އެކަންޏެވެ.

އެހެންނަމަވެސް، ފާއިތުވި ތިން އަހަރުގެ މުބާރާތުގައި އަމިއްލަ ރަށް ނޫން އެހެން ރަށަކަށް ކުޅެފައިވާ ކުޅުންތެރިންނަށް އަމިއްލަ ރަށަށް ބަދަލުވުމަށް ހާއްސަ ފުރުސަތެއް ދިނުމަށް ވަނީ ނިންމާފައެވެ. މި ފުރުސަތުގެ ބޭނުން ހިފުމަށް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ކަނޑައަޅާފައިވާ ފޯމު ފުރުމަށްފަހު، އޮކްޓޫބަރު 3 ވަނަ ދުވަހުގެ ކުރިން ހުށަހަޅަންޖެހޭނެއެވެ.

މި އަހަރުގެ މުބާރާތުގައި 128 ޓީމު ވާދަކުރިއިރު، 300 އަށްވުރެ ގިނަ މެޗު ކުޅެވުނެވެ. އަދި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކ. ކާށިދޫއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޯލްޑަން ފުޓްސަލް މުބާރާތް 2026 ގައި ރެޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލައިފިކުޅިވަރު | 6 ދުވަސް ކުރިންރާއްޖޭގެ އާ ފުޓްސަލް ޗެމްޕިއަން ކާށިދޫ އަށް ރަށުން ހޫނު މަރުހަބާ އެއްކުޅިވަރު | 5 މަސް ކުރިންނާވައިދޫ ބަލިކޮށް ކާށިދޫ ފުޓްސަލްގެ ރަސްކަމަށްކުޅިވަރު | 5 މަސް ކުރިންނާވައިދޫ ބަލިކޮށް ކާށިދޫ ފުޓްސަލްގެ ރަސްކަމަށްކުޅިވަރު | 5 މަސް ކުރިން