ނާވައިދޫ ބަލިކޮށް ކާށިދޫ ފުޓްސަލްގެ ރަސްކަމަށް


26 ފެބްރުއަރީ 2025 - 12:21
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތުގެ ޗެންޕިއަންކަން ކ. ކާށިދޫއިން ހޯދައިފިއެވެ. ރޭގައި ހުޅުމާލޭގެ ރެހެންދި ސްޓޭޑިއަމްގައި ފޯރިގަދަ ރަސްމިއްޔާތު ތަކާއެކު ކުޅެވުނު މިމެޗު ކާށިދޫއިން ކާމިޔާބުކުރީ ހދ. އަތޮޅު ގެ ޗެންޕިއަން އަދި ޒޯނު 1 ގެ ޗެންޕިއަން ނާވައިދޫ ބަލިކޮށްގެންނެވެ.
ތަޖުރިބާކާރު ފުޓްސަލް ކުޅުންތެރިޔާ އަލީ ހައިޝަމް ޗުމްޕުއިރުޝާދުގެ ދަށުން ކުޅުނު ކާށިދޫ މެޗުކާމިޔާބުކުރީ 4-1 އިންނެވެ.ފައިނަލްމެޗުގެ ފުރަތަމަ ގޯލު ޖެހީ ކާށިދޫގެ އަޖުލާން އަބްދުލް ހަންނާންއެވެ. އޭގެ އިރުކޮޅެއްފަހުން ނައިވާދޫގެ އަހުމަދު ހަމީދު (އައްމަޑޭ) ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަކުރިނަމަވެސް ފުރަތަމަ ހާފުނިމުމުގެ ކުރިން އަބްދުﷲ ސުޒޭރުވަނީ ހިލޭޖެހުމެއްގައި ގޯލުޖަހައި ދެވަނަފަހަރަށް ކާށިދޫއަށް ލީޑުނަގާދީފައެވެ. ފުރަތަމަ ހާފުނިމުމުގެ ކުރިން ކާށިދޫގެ އަޖުލާން ވަނީ ގޯލުޖަހައި ލީޑު ފުޅާކޮށްދީފައެވެ.ދެވަނަ ހާފުގައި ނައިވާދޫގެ ކުޅުން ރަނގަޅުކޮށް ގިނަހަމަލާތަކެއް ފޮނުވާލިނަމަވެސް، ނައިވާދޫއިން ގޯލުޖަހަން އެޓީމުގެ ކީޕަރު ކުރިޔަށްއެރި ވަގުތުގައި ލިބުނު ބޯޅައަކުން ކާށިދޫގެ ފަހުގޯލު ޖަހައިދިނީ މެޗުގެ މޮޅުކުޅުންތެރިޔާ ސުޒޭރުއެވެ.މުބާރާތުގެ އެންމެ މޮޅުކުޅުންތެރިޔާ އަދި ކިންގް އޮފް ދަ ޓޯނަމެން އަކަށް ހޮވިފައިވަނީ ކާށިދޫގެ ކީޕަރު މުޙައްމަދު ސަލީލު އެވެ. މުބާރާތުގެ އެންމެ ގިނަ ގޯލުޖެހީ ނައިވާދޫގެ ކެޕްޓަން މުޙައްމަދު ޝާއިން އެވެ. މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަކީ ކާށިދޫގެ އަބްދުﷲ ޝުޒައިރު އާއި އެޓީމުގެ މުޙައްމަދު ސަލީލުއާއި ނައިވާދޫގެ އަހުމަދު ހަމީދުއާއި އެޓީމުގެ ޔާމިން މުޙައްމަދާއި ވާދޫގެ އަޔާޒް އަހުމަދު (އަޔާ) އެވެ.ރޭގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދީފައިވަނީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) އެވެ. އަދި އަރިހުގައި ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ބައިވެރިވެވަޑައިގެންނެވި އެވެ.
އިތުރު ލިޔުންތައް

ރާއްޖޭގައި ބާއްވާ އެންމެބޮޑު ފުޓްސަލް މުބާރާތް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގުރުލައިފި
4 މަސް ކުރިން
ބަތްޕެންތަ؟ ގޮޅަ ރިހަ ތަ؟ ގޯލްޑަން ޗެރިޓީ ގަދަހިފުން މިރޭ
3 މަސް ކުރިން
ގޮޅަރިހައިގެ ވަރުދައްކާލައި ޝީލްޑް ހަދިޔާ ފަލަސްޠީނަށް
3 މަސް ކުރިން