logoEN
ކުޅިވަރު

ނާވައިދޫ ބަލިކޮށް ކާށިދޫ ފުޓްސަލްގެ ރަސްކަމަށް

ގޯލްޑަން ފުޓްސަލްގެ ޗެންޕިއަން ކާށިދޫ. ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑަން ފުޓްސަލްގެ ޗެންޕިއަން ކާށިދޫ. ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

26 ފެބްރުއަރީ 2025 - 06:12

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތުގެ ޗެންޕިއަންކަން ކ. ކާށިދޫއިން ހޯދައިފިއެވެ. ރޭގައި ހުޅުމާލޭގެ ރެހެންދި ސްޓޭޑިއަމްގައި ފޯރިގަދަ ރަސްމިއްޔާތު ތަކާއެކު ކުޅެވުނު މިމެޗު ކާށިދޫއިން ކާމިޔާބުކުރީ ހދ. އަތޮޅު ގެ ޗެންޕިއަން އަދި ޒޯނު 1 ގެ ޗެންޕިއަން ނާވައިދޫ ބަލިކޮށްގެންނެވެ.

މެޗުގެ ފުރިހަމަވަގުތު ނިމުނީ 4-1 އިން ކާށިދޫ ކުރިހޯދައިގެންނެވެ. ތަޖުރިބާކާރު ފުޓްސަލް ކުޅުންތެރިޔާ އަލީ ހައިޝަމް ޗުމްޕުއިރުޝާދުގެ ދަށުން މިފަހަރު މިމުބާރާތުގެ ޗެންޕިއަންކަން ހޯދި ކާށިދޫގެ ދަތުރަކީ މިފަހުގެ ތާރީޚެއްގައި ކުޅިވަރުގައި ލިޔެވުނު އެންމެ ތަފާތު އަދި އެންމެ އިންސްޕަޔަރިން ވާހަކައެވެ. އަތޮޅު ބުރުގައި ވަރުގަދަ ގާފަރު ބަލިކޮށް ފައިނަލަށް ދަތުރުކުރިނަމަވެސް އަތޮޅު ފައިނަލުގައި ހިތްދަތި ގޮތަކަށް މާފުށިއަތުން ވަނީ ބަލިވެފައެވެ. އަދި ޒޯނުބުރުގެ ފައިނަލުގައި އޭދަފުށި އަތުން ވަނީ ބަލިވެފައެވެ. އެހެންކަމުން ކާށިދޫއިން ހުރިހާ ފޯކަސް އެއް ބެހެއްޓީ މުބާރާތުގެ ތަށްޓަށެވެ.ކާށިދޫއިން ނޮކްއައުޓް ބުރުގައި މުބާރާތުގެ ފޭވަރިޓުން ކަމުގައިވާ އަދި މުބާރާޓުގެ އެންމެ ކާމިޔާބު ޓީމުކަމުގައިވާ ތ. ތިމަރަފުށި ކަޓުވާލިއިރު، މުބާރާތުގެ ކުއާޓަރ ފައިނަލުގައި ވަނީ ވިލިމާލެ ބަލިކޮށްފައެވެ. އަދި ސެމީގައި 2023 ވަނަ އަހަރުގެ ރަނަރަޕް އަދި މި ފަހަރުގެ ގދ. އަތޮޅާއި ޒޯން ހަތެއްގެ ޗެމްޕިއަން، ވާދޫގެ މައްޗަށް ކުރިހޯދި އެވެ.ފައިނަލްމެޗުގެ ފުރަތަމަ ގޯލު ޖަހައި ކުރިހޯދީ ކާށިދޫއިންނެވެ. މިގޯލުކާމިޔާބުކޮށްދިނީ އަޖުލާން އަބްދުލް ހަންނާންއެވެ. އޭގެ އިރުކޮޅެއްފަހުން ނައިވާދޫގެ އަހުމަދު ހަމީދު (އައްމަޑޭ) ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުނިމުމުގެ ކުރިން އަބްދުﷲ ސުޒޭރުވަނީ ހިލޭޖެހުމެއްގައި ގޯލުޖަހައި ދެވަނަފަހަރަށް ކާށިދޫއަށް ލީޑުނަގާދީފައެވެ. ފުރަތަމަ ހާފުނިމުމުގެ ކުރިން ކާށިދޫގެ އަޖުލާން ވަނީ ގޯލުޖަހައި ލީޑު ފުޅާކޮށްދީފައެވެ.ދެވަނަ ހާފުގައި ނައިވާދޫގެ ކުޅުން ރަނގަޅުކޮށް ގިނަހަމަލާތަކެއް ކާށިދޫގެ ގޯލާއި އަމާޒުކޮށް ފޮނުވާލިނަމަވެސް ކާށިދޫގެ ކީޕަރު ވަނީ މިހަމަލާތައް ހުއްޓުވާފައެވެ. އަދި ނައިވާދޫއިން ގޯލުޖަހަން އެޓީމުގެ ކީޕަރު ކުރިޔަށްއެރި ވަގުތުގައި ލިބުނު ބޯޅައަކުން ކާށިދޫގެ ފަހުގޯލު ޖަހައިދިނީ މެޗުގެ މޮޅުކުޅުންތެރިޔާ ސުޒޭރުއެވެ.މުބާރާތުގެ އެންމެ މޮޅުކުޅުންތެރިޔާ އަދި ކިންގް އޮފް ދަ ޓޯނަމެން އަކަށް ހޮވިފައިވަނީ ކާށިދޫގެ ކީޕަރު މުޙައްމަދު ސަލީލު އެވެ. ކާށިދޫގެ މިކާމިޔާބީގެ އެންމެ މުހިންމު ދައުރެއް އަދާކޮށްފައިވަނީ ސަލީލްއެވެ. މުބާރާތުގެ އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔަކަށް ހޮވިފައިވަނީ ނައިވާދޫގެ ކެޕްޓަން މުޙައްމަދު ޝާއިން އެވެ. މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަކީ ކާށިދޫގެ އަބްދުﷲ ޝުޒައިރު އާއި އެޓީމުގެ މުޙައްމަދު ސަލީލުއާއި ނައިވާދޫގެ އަހުމަދު ހަމީދުއާއި އެޓީމުގެ ޔާމިން މުޙައްމަދާއި ވާދޫގެ އަޔާޒް އަހުމަދު (އަޔާ) އެވެ.ރޭގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދީފައިވަނީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) އެވެ. އަދި އަރިހުގައި ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮމެންޓް

871x217_placeholder