ކަރަންޓް ބިލްތަކުގައި ވެމްކޯގެ ފީ ނުހިމަނަން ނިންމައިފި

ވެމްކޯގެ މެނޭޖްމެންޓުގެ ބޭފުޅުން -- ފޮޓޯ: ވެމްކޯ

04 ޖެނުއަރީ 2025 - 14:05
ކަރަންޓް ބިލްތަކުގައި ވެމްކޯއިން ހިމަނާ ކުނީގެ ފީ ނުހިމަނަން އެ ކޯޕަރޭޝަނުން ނިންމައިފިއެވެ.
ވެމްކޯ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އެ ކޯޕަރޭޝަނުން އެފަދައިން ނިންމީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅުގެ މަތިންނެވެ.
މި ބަދަލާއެކު، ވެމްކޯގެ ހިދުމަތް ފޯރުކޮށްދޭނީ އަދި ހިދުމަތަށް ބިލު ކުރެވޭނީ ވެމްކޯގެ އަތޮޅުތެރޭ ރަށްރަށުގައި ގާއިމް ކޮށްފައިވާ އޮފީސްތަކުންނާއި ވެމްކޯގެ އަވަސްޕޭ ޕޯޓަލް މެދުވެރިކޮށް ކަމުގައި ވެސް ވެމްކޯ އިން ބުންޏެވެ.
ކަރަންޓު ބިލުގައި ވެމްކޯގެ ފީ ހިމެނުމުގެ މަސައްކަތް ވެމްކޯ އިން ފެށީ މިދިޔަ 2023 އަހަރުގެ އޭޕްރިލް މަހުން ފެށިގެންނެވެ. އެގޮތުން އެ ގޮތަށް އަމަލުކުރަން ފެށުމުން ވެމްކޯއަށް މަހެއްގެ މައްޗަށް 7.5 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމުގައި ވެސް ވެމްކޯގެ އޭރުގެ މެނޭޖެމްންޓުން ބުންޏެވެ.
އިތުރު ލިޔުންތައް

ފެނަކައިގެ ކުރީގެ ޑީއެމްޑީ ނާއިފް، ވެމްކޯގެ ޑީއެމްޑީގެ މަގާމަށް
7 މަސް ކުރިން
މޯޕާއިން ވެމްކޯއަށް ޕްލާސްޓިކް މެނޭޖުކުރާ ވަސީލަތްތަކެއް ހަދިޔާކޮށްފި
7 މަސް ކުރިން
ލ. ގަމާއި ފޮނަދޫގައި ވެމްކޯގެ ހިދުމަތް ފަށަނީ
7 މަސް ކުރިން