logo
Bank of Maldives

Bank of Maldives

ޚަބަރު

ފޮރިން މިނިސްޓަރ ޚަލީލް ރަސްމީ ދަތުރުފުޅެއްގައި ޔޫ.އޭ.އީ. އަށް ފުރާވަޑައިގެންފި

ސުދާ ލަތީފް
5 ޖެނުއަރީ 2025 - 04:30
ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް
ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް

ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް ރަސްމީ ދަތުރުފުޅެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ.) އަށް ފުރާވަޑައިގެންފިއެވެ.

ޔޫ.އޭ.އީ.ގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި ފޮރިން މިނިސްޓަރ ޝެހިޙް އަބްދުﷲ ބިން ޒަޔެދް އަލް ނަހްޔާންގެ ދަޢުވަތަކަށް ޔޫ.އޭ.އީ.އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުﷲ ޚަލީލް، މިއަދު ފުރާވަޑައިގެންފިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރ ޑރ. ޚަލީލްގެ މި ދަތުރުފުޅުގައި، ޔޫ.އޭ.އީ.ގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި ފޮރިން މިނިސްޓަރ ޝެހިޚް ޢަބްދުﷲ ބިން ޒަޔެދް އަލް ނަޙްޔާންއާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގުޅުމަށް ރިޢާޔަތްކުރައްވައި، އެ ގުޅުން އިތުރަށް ބަދަހިކުރެވޭނޭ ގޮތްތަކާމެދު މަޝްވަރާކުރައްވާނެއެވެ. އަދި މުސްތަޤްބަލުގައި ދެ ޤައުމުން ގުޅިގެން މަސައްކަތްކުރެވިދާނޭ އިތުރު ދާއިރާތަކާބެހޭގޮތުން މަޝްވަރާކުރައްވާނެއެވެ.

މީގެ އިތުރުން، ތަފާތު ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުޞަތުތައް ހޯއްދެވުމަށް މިނިސްޓަރ ޑރ. ޚަލީލްގެ މި ދަތުރުފުޅުގައި ޔޫ.އޭ.އީ. ސަރުކާރުގެ އިސްވެރިންނާ ބައްދަކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުން، ދިވެހިރާއްޖެއާއި ޔޫ.އޭ.އީ.އާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި ޔޫ.އޭ.އީ.އިން ވެދެއްވާ އެހީތެރިކަން ފާހަގަކޮށް އެ ގުޅުން އިތުރުކުރުމަށްޓަކައި ދެ ޤައުމުން އެކުގައި ކުރަމުންގެންދާ މަސައްކަތްތައް ހާމަވެގެންދާނެއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ޑރ. ޚަލީލްގެ އަރިހުގައި އެމްބެސެޑަރ-އެޓް-ލާޖް ޢަބްދުﷲ ޙަމީދާއި ޖޮއިންޓް ސެކްރެޓަރީ މަރްޔަމް ރީޝާ ބައިވެރިވެވަޑައިގަންނަވައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަލީލް، ރަސްމީ ދަތުރެއްގައި ބެލްޖިއަމަށްޚަބަރު | މަހެއް ކުރިންޖެނެރޭޝަން ބޭންއަކީ ބައިނަލްއަގުމާވީ ފެންވަރުގައި ލިބުނު ކާމިޔާބީއެއް: މިނިސްޓަރ ހަލީލްޚަބަރު | 2 މަސް ކުރިންއެސްބީއައި އިން ޑޮލަރު ލިމިޓު 150 އަށް ދަށް ކުރުމުން ދިމާވާ ދަތިތައް ހައްލު ކުރަނީޚަބަރު | 3 މަސް ކުރިންއދ. ގެ ޖީ.ޖީ.އައި.އެމް-އޭ.ޕީ. ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރަކަށް ދިވެހިރާއްޖެ ހޮވިއްޖެޚަބަރު | 3 މަސް ކުރިން