ފުރަތަމަ ހަތަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް 25،076 ފަތުރުވެރިން ޒިޔާރަތްކޮށްފި

ފަތުރުވެރިންތަކެއް

06 ޖެނުއަރީ 2025 - 05:12
ރާއްޖެއަށް މިއަހަރުގެ ފުރަތަމަ ހަތަރު ދުވަހުގެ ތެރޭގައި ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 25،076 (ފަންސަވީސް ހާސް ހަތްދިހަ ހައެއް) އަށް އަރައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 11 އިންސައްތައިގެ އިތުރުވުމެކެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާ ގެ ތަފާސްހިސާބުތައް ދައްކާގޮތުގައި ރާއްޖެއަށް މިހާރު އެވަރެޖްކޮށް ދުވާލަކު 6،269 ފަތުރުވެރިން ޒިޔާރަތްކުރެ އެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގަދަ 10 ގައުމުގެ ތެރޭގައި މި އަހަރުގެ މިހާތަނަށް ހިމެނިފައިވަނީ ރަޝިއާ، އިޓަލީ، އިނގިރޭސިވިލާތް، ޖަރުމަނު، އިންޑިއާ، އެމެރިކާ، ރޯމޭނިއާ، ކަޒަކިސްތާން، ޗައިނާ އަދި ޕޮލެންޑެވެ.
އެގޮތުން ލިސްޓުގެ އެއްވަނައިގައި އޮތް ރަޝިޔާއިން އަހަރުގެ މިހާތަނަށް 5،072 (ފަސްހާސް ހަތްދިހަ ދެ) ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެވަނައިގައި އޮތް އިޓަލީންވަނީ 4،142 (ހަތަރުހާސް އެއް ސަތޭކަ ސާޅީސް ދެ) ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އަދި ތިންވަނަައިގައި އޮތް އިނގިރޭސިވިލާތުން 1،722( އެއްހާސް ހަތް ސަތޭކަ ބާވީސް) ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ.
ފަތުރުވެރިކަމު ގަދަ 10 ގައުމު
ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 17،000 އެއްހައި ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓްތަކުގައެވެ. ފަތުރުވެރިކަމަށް މިވަގުތު ރާއްޖޭގައި 172 ރިސޯޓާއި 929 ގެސްޓްހައުސްގެ އިތުރުން 155 ސަފާރީ އަދި 15 ހޮޓާ ދަނީ ހިންގަމުންނެވެ.
އިތުރު ލިޔުންތައް

ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އިންޑިއާގައި ބޭއްވުނު ރޯޑްޝޯ ކާމިޔާބު
8 މަސް ކުރިން
ފަސް ޤައުމަކުން، ކޮންމެ ޤައުމަކުން އަހަރުގެ މިހައިތަނަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން
7 މަސް ކުރިން
1.5 މިލިއަނަށް ފަތުރުވެރިން ޒިޔާރަތްކޮށްފި
6 މަސް ކުރިން