logo
E-Platinum
ކުޅިވަރު

ބާސެލޯނާގެ ކުރީގެ ކުޅުންތެރިޔާ ޕެޓްރިކް ކްލުއިވަރޓް އިންޑޮނޭޝިއާގެ ޤައުމީ ޓީމުގެ ކޯޗަކަށް

އަބްދުﷲ ޣާނިމް
6 ޖެނުއަރީ 2025 - 11:08
ޕެޓްރިކް ކުލައިވަޓް ވަނީ 1998 އިން 2004 އަށް ބާސެލޯނާއަށް ކުޅެދީފައި. ފޮޓޯ: އޭ.އެފް.ޕީ
ޕެޓްރިކް ކުލައިވަޓް ވަނީ 1998 އިން 2004 އަށް ބާސެލޯނާއަށް ކުޅެދީފައި. ފޮޓޯ: އޭ.އެފް.ޕީ

އިންޑޮނޭޝިއާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ނެދަލެންޑްސްގެ ކުރީގެ ތަރި ޕެޓްރިކް ކްލުއިވަރޓް އެ ޤައުމުގެ ޤައުމީ ފުޓްބޯޅަ ޓީމުގެ އައު ކޯޗަކަށް ޢައްޔަންކޮށްފައެވެ. މި ނިންމުން އިޢުލާންކުރެއްވީ އިންޑޮނޭޝިއާ ފުޓްބޯޅަ އެސޯސިއޭޝަނުންނެވެ.



48 އަހަރުގެ ކްލުއިވަރޓް ވަނީ 2 އަހަރުގެ މުއްދަތަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި އިތުރު 2 އަހަރަށް މުއްދަތު އިތުރުކުރުމުގެ ފުރުޞަތުވެސް އޮވެއެވެ. ކްލުއިވަރޓް މި މަޤާމާ ޙަވާލުވަނީ ކުރީގެ ކޯޗު ޝިން ޓެ-ޔޮންގް ވަކިކުރުމަށްފަހުއެވެ.

 

ކްލުއިވަރޓް އިންޑޮނޭޝިއާއަށް ޒިޔާރަތްކުރައްވާނީ ޖެނުއަރީ 11 ވަނަ ދުވަހުއެވެ. އަދި ރަސްމީކޮށް ތަޢާރަފުކުރުމުގެރަފުކުރުމުގެ ރަސްމިއްޔާތު އޮންނާނީ ޖެނުއަރީ 12 ވަނަ ދުވަހުއެވެ. ކުރީގައި ބާސެލޯނާ އަދި ނިއުކާސްލް ޔުނައިޓެޑްގައި ކުޅެފައިވާ ކްލުއިވަރޓްގެ އެންމެ ފަހުގެ ކޯޗިންގ މަޤާމަކީ ތުރުކީގެ އަދަނާ ޑެމިރްސްޕޯގެ ކޯޗުކަމެވެ. އޭނާ އެ މަޤާމުގައި ހުންނެވީ 5 މަސް ދުވަހުއެވެ.



ނެދަލެންޑްސްގެ ޤައުމީ ޓީމަށް 79 މެޗު ކުޅެ 40 ލަނޑު ޖަހާފައިވާ ކްލުއިވަރޓްގެ އަމާޒަކީ އިންޑޮނޭޝިއާ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިކުރުވުމެވެ. މިހާރު ފީފާ ރޭންކިން ގައި 127 ވަނައިގައިވާ އިންޑޮނޭޝިއާ ވަނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ކޮލިފައިންގ މެޗުތަކުގައި ރަނގަޅު ނަތީޖާތަކެއް ހޯފާދައެވެ. އެހެންކަމުން ކުލައިވެޓް ގެ މައިގަނޑު އަމާޒަކަށްވާނީ އިންޑޮނީޝިއާ ވޯލްޑް ކަޕަށް ކޮލިފައި ކުރުމެވެ.  މި ބަދަލާއެކު އެ ޤައުމުގެ ފުޓްބޯޅަ ލޯބިވެރިން އުއްމީދުކުރަނީ ތާރީޚީ ކާމިޔާބީއެއް ޙާޞިލުކުރެވޭނެ ކަމަށެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެފްއޭއެމްގެ މެންބަރު ހުރިހާ ކުލަބެއް ތާއީދާއެކު ޓޮމް އެފްއޭއެމް ރައީސްކަމަށްޚަބަރު | 10 ދުވަސް ކުރިންދިވެހި ފުޓުބޯޅައިގެ ހައްގު މަގާމު އަލުން ހޯދައިދޭން ކުރާ މަސައްކަތް ދަނީ ކާމިޔާބާ ދިމާއަށް: ރައީސް ޚަބަރު | 2 މަސް ކުރިންބޯޅަ މައްޗަށް އެރުން ބްރެޒިލްގައި މަނާކޮށްފިކުޅިވަރު | 3 މަސް ކުރިންދިރިހުރި ކުޅުންތެރިއެއް މަރުވިކަމަށްބަލައި އެކަންފާހަގަކުރުމަށްފަހު މާފަށްއެދެފިކުޅިވަރު | 4 މަސް ކުރިން