logo
Bank of Maldives

Bank of Maldives

ޚަބަރު

ހުރިހާ ކުލަބެއްގެ ތާއީދާއެކު އެފްއޭއެމް ރައީސްކަމަށް ޓޮމް ފޯމު ހުށަހަޅުއްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
6 ޖުލައި 2025 - 07:46
އެފްއޭއެމްގެ މެންބަރު ހުރިހާ ކުލަބެއް ތާއީދާއެކު ޓޮމް އެފްއޭއެމް ރައީސްކަމަށް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްކަމަށް ވާދަކުރެއްވުމަށް، އެފްއޭއެމްގެ މެންބަރު ހުރިހާ ކުލަބެއްގެ ތާއީދާއެކު، މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) މިއަދު ފޯމް ހުށަހަޅުއްވައިފިއެވެ.

ޓޮމް މިކަން ހާމަކުރެއްވީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޓޮމް ވިދާޅުވީ އޭނާ އެ މަގާމަށް ކުރިމަތިލެއްވީ ރާއްޖޭގެ 4 ސަރަހައްދެއްގައި ރީޖަނަލް އެސޯސިއޭޝަން ހަދައި އެ ރީޖަންތަކުން އެފްއޭއެމްގެ ކަންކަމުގައި ބަސްކިޔުމުގެ ފުރުސަތު ހޯދައިދިނުމުގެ ވައުދާއެކު ކަމަށެވެ.

ކުރިން ވެސް އެފްއޭއެމްގެ ރައީސްކަން ކުރަށްވާފައިވާ ޓޮމްގެ އެކްސްކޯއަށް ހޮއްވަވާފައިވާ ބޭފުޅުންގެ ތެރޭގައި ކުރީގެ މަޝްހޫރު ކުޅުންތެރިންނާއި، ކުލަބުތަކުގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. ޓޮމްގެ އެކްސްކޯއަކީ:

ރައީސް: އަހްމަދު ތާރިޤް

ސީނިއަރ ވައިސް ޕްރެޒިޑެންޓް: އަލީ އިބްރާހިމް (ނިއު)

ވައިސް ޕްރެޒިޑެންޓް: ހުސައިން ޝާފިއު (މާޒިޔާ)

ވައިސް ޕްރެޒިޑެންޓް: މުޖުތަބާ ޖަލީލް (ނިއު)

މެންބަރު: އިމްރާން މުހައްމަދު (ކުރީގެ ޤައުމީ ކީޕަރު)

މެންބަރު: މުހައްމަދު އުމައިރު (ކުރީގެ ޤައުމީޓީމް ކުޅުންތެރިޔާ)

މެންބަރު: އަޙްމަދު އައްބާސް (ޓީސީ)

މެންބަރު: އަލީ ރިޒްވާން (ބީޖީ)

އަންހެން މެންބަރު: ހައްވާ ނަސްރާ ސައީދު

އަންހެން މެންބަރު: ހައްވާ ރަޝީދާ

މެންބަރު: އަބްދުﷲ ނާސިޙް (އޮޑި)

މިހާރު ފީފާގެ ނޯމަލައިޒޭޝަން ކޮމިޓީއެއްގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ އެފްއޭއެމްގެ އާ އިންތިހާބު މި އަހަރުގެ މިނިވަން ދުވަހު އޮންނަ އިރު، މި އިންތިހާބަށް ކުރިމަތިލުމުގެ އެންމެ ފަހު ދުވަހަކީ މިއަދެވެ.

މިހާރު އެފްއޭއެމްގައި މެމްބަރު ކްލަބްތަކުގެ އަދަދަކީ އެއްވަނަ ޑިވިޒަންގެ 10 ކުލަބާއި، ދެވަނަ ޑިވިޒަންގެ 13 ކުލަބާ އެކު ޖުމްލަ 23 ކުލަބެވެ. ތޯރިގުގެ ކެންޑިޑެސީއަށް މި 23 ކުލަބުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބައްސާމަށް އިއްވި 4 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފުކޮށްފިޚަބަރު | 19 ދުވަސް ކުރިންސާފް 20 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތް އަންނަ އަހަރު ރާއްޖޭގައި ބާއްވަނީ ކުޅިވަރު | 2 މަސް ކުރިންފަލަސްތީނު ގައުމީ ޓީމުގެ ހުރިހާ ޚަރަދުތަކާއި އިންތިޒާމްތައް ދިވެހި ސަރުކާރުން ހަމަޖައްސާދެނީ ކުޅިވަރު | 3 މަސް ކުރިންބައްސާމު އަށް އިތުރު 5 އަހަރު ގެ ޖަލު ހުކުމެއްޚަބަރު | 3 މަސް ކުރިން