logo
E-Platinum
ކުޅިވަރު

ބޯޅަ މައްޗަށް އެރުމުން ޔެލޯ ކާޑު ދޭން ބްރެޒިލްގެ ފުޓްބޯޅަ އިދާރާއިން އަންގައިފި

އަބްދުﷲ ޣާނިމް
7 އޭޕްރީލު 2025 - 10:40
މެންފިސް ޑިޕާއޭ ބޯޅަމައްޗަށް އެރި މައްސަލަ ވަނީ ހޫނުވެފައި. ފޮޓޯ: މެންފިސް (ޓްވިޓަރ)
މެންފިސް ޑިޕާއޭ ބޯޅަމައްޗަށް އެރި މައްސަލަ ވަނީ ހޫނުވެފައި. ފޮޓޯ: މެންފިސް (ޓްވިޓަރ)

ބްރެޒިލްގެ ފުޓްބޯޅަ އިދާރާ (ސީބީއެފް) އިން ވަނީ ކުޅުންތެރިން މެޗުގެ ތެރޭގައި ބޯޅަ މައްޗަށް އަރައިފިނަމަ ޔެލޯ ކާޑު ދިނުމަށް ރެފްރީންނަށް އަންގައިފައެވެ. މި ގަވާއިދު ތަންފީޒުކުރަން ނިންމީ ޕައުލިސްޓާ ޗެމްޕިއަންޝިޕްގެ ފައިނަލްގައި ޑަޗް ކުޅުންތެރިއެއް ކަމަށްވާ މެމްފިސް ޑިޕޭ ބޯޅަ މައްޗަށް އެރުމުން ހިނގި ހަމަނުޖެހުމަކާ ގުޅިގެންނެވެ.

ޑިޕޭގެ މި ޢަމަލާ ގުޅިގެން، ތިން ދުވަސް ފަހުން ކުޅުނު ސައުތު އެމެރިކަން އަންޑަރ 17 ޗެމްޕިއަންޝިޕްގެ ބޮލީވިއާ އާއި ބްރެޒިލް ބައްދަލުކުރި މެޗުގައި ބޯޅަ މައްޗަށް އެރި ދެ ކުޅުންތެރިންނަށް ވަނީ ޔެލޯ ކާޑު ދީފައެވެ. ސީބީއެފްއިން މިކަން ތަންފީޒުކުރަން ނިންމީ ކޮންމެބޯލްގެ ލަފާގެ މަތިންނެވެ.

މި ގަވާއިދާ ގުޅޭގޮތުން ޑިޕޭ ވަނީ ފާޑުކިޔައި، އޭނާގެ ޢަމަލުގައި މައްސަލައެއް އޮތްކަމަށް ނުދެކޭކަމަށް ބުނެފައެވެ.

 "މިކަހަލަ ބޭކާރު އިއުލާންތަކުގެ ބަދަލުގައި ކުޅިވަރު ރަނގަޅުކުރެވޭނެ ގަވާއިދުތަކާއި، ކުލަބުތަކާއި، ކުޅުންތެރިންނާއި، ފޭންސްއަށް ފައިދާވާނެ ކަންކަމަށް އަހަންމިއްޔަތުކަން ދޭންވީ،" ޑިޕޭ ވަނީ އެކްސް (ކުރީގެ ޓްވިޓަރ) ގައި ލިޔެފައެވެ.

މީގެ އިތުރުން މެންފިސް ބުނެފައިވަނީ ބްރެޒިލް ލީގަށް އޭނާ އައުމުގެ އަސްލު މަޤުސަދަކީ ފުޓްބޯޅައިގެ އަސްލޯ 'ޖޯގޯ ބޮނީތޯ' ތަޖުރިބާ ކޮށްލައި އެކަން ދަނޑުމަތީގައި ދެއްކުން ކަމަށާއި، މިނިންމުމުގެ ސަބަބުން އެކަމާ ކަންބޮޑުވާކަން ވަނީ ހާމަކޮށްފައެވެ.

މި މައްސަލަ ފެށުނީ މާޗް 27 ގައި ކުޅުނު ޕައުލިސްޓާ ޗެމްޕިއަންޝިޕްގެ ފައިނަލްގައި ކޮރިންތިއަންސްގެ ކުޅުންތެރިއެއް ކަމަށްވާ ޑިޕޭ، ޕަލްމޭރާސްއާ ދެކޮޅަށް ކުޅުނު މެޗުގައި ބޯޅަ މައްޗަށް އެރުމުންނެވެ. މި ޢަމަލާ ގުޅިގެން ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ހަމަނުޖެހުން ހިނގައި، މެޗު ވަނީ ވަގުތީގޮތުން މެދުކަނޑާލަން ޖެހިފައެވެ.

އިތުރު ވަގުތާއެކު 16 މިނެޓް ކުޅުމަށްފަހު ނިމުނު މި މެޗުން ކޮރިންތިއަންސް ވަނީ ޕައުލިސްޓާ ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދާފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަލާމާތާއި ފުރައްސާރައާއި ހެދި ލެޖެންޑް ޓޮޓީގެ ދަރިފުޅު ރިޓަޔަރ ކޮށްފިކުޅިވަރު | 4 ދުވަސް ކުރިންދިއްދޫ ކަޕް: ޓީނޭޖު ހަނިގޮތަކަށް މޮޅުވިއިރު، އައްސޭރި އިން މުބާރާތުގައި ބައިވެރިވާ އެހެންޓީމުތަކަށް ވަރުގަދަ މެސެޖެއެްކުޅިވަރު | 14 ދުވަސް ކުރިންދިއްދޫ ކަފް: ޑިފެންޑިން ޗެންޕިއަން ރިއަލް ޓީ ފަސޭހަކަމާއެކު ބީއެކްސްގެ މައްޗަށް ކުރިހޯދައިފި ކުޅިވަރު | 15 ދުވަސް ކުރިންއެފްއޭއެމްގެ މެންބަރު ހުރިހާ ކުލަބެއް ތާއީދާއެކު ޓޮމް އެފްއޭއެމް ރައީސްކަމަށްޚަބަރު | މަހެއް ކުރިން