logoEN
ކުޅިވަރު

ދިރިހުރި ކުޅުންތެރިއެއް މަރުވިކަމަށްބަލައި އެކަންފާހަގަކުރުމަށްފަހު މާފަށްއެދެފި

ބަލްގޭރިއާގެ ޕްރިމިއަރ ލީގް ކްލަބް އަރްދާ ކަރްޖަލީން

ބަލްގޭރިއާގެ ޕްރިމިއަރ ލީގް ކްލަބް އަރްދާ ކަރްޖަލީން

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

18 މާރިޗު 2025 - 06:18

ބަލްގޭރިއާގެ ޕްރިމިއަރ ލީގް ކްލަބް އަރްދާ ކަރްޖަލީން އެ ކްލަބުގެ ކުރީގެ ކުޅުންތެރިއެއް ކަމަށްވާ ޕެޓްކޯ ގަންޗެވްގެ މަރުވިކަމަށް ލިބުނު ސައްޚަ ނޫން މަޢުލުމާތަކަށް ބިނާކޮށް މެޗެއްގެ ކުރިން ހަނދާނީ ސުކޫތުކޮޅެއް ފާހަގަކުރުމަށްފަހު އެކުލަބުން މަޢާފަށް އެދިއްޖެއެވެ. އެއީ އޭނާ ދިރިހުރި ކަން އެނގުމުންނެވެ.

އިއްޔެ ކުޅުނު ލެވްސްކީ ސޯފިއާ އާ ދެކޮޅު މެޗުގެ ކުރިން ދެ ޓީމުގެ ކުޅުންތެރިން ދަނޑުގެ މެދުގައި ސަފު ހަދައި، ގަންޗެވްގެ ހަނދާނުގައި ސިކުންތެއް ނެގިއެވެ. ނަމަވެސް މެޗު ތެރެއިން ޕެޓްކޯ ގަންޗެވް ދިރިހުރި ކަމަށް އޭނާގެ އަމިއްލަ ފޭސްބުކް މެދުވެރިކޮށް ސްޓޭޓަސް އެއް ޖެހުމާއެކު އެ ކުލަބުންވަނީ ނީ އެ މަޢުލޫމާތު ރަނގަޅު ނޫންކަން ހާމަކޮށްފައެވެ.

"އަރްދާގެ ކުރީގެ ކުޅުންތެރި ޕެޓްކޯ ގަންޗެވް އާއި އޭނާގެ އާއިލާއަށް ވަރަށް ބޮޑަށް މަޢާފަށް އެދެމެވެ. ކްލަބަށް ލިބުނު މަޢުލޫމާތު ރަނގަޅު ނޫންކަން ފާހަގަކުރަމެވެ،" އަރްދާއިން ފޭސްބުކްގައި ޕޯސްޓްކުރި ބަޔާނެއްގައި ބުނެފައިވެއެވެ.

މި މެޗު ނިމުނީ 1-1 އިން އެއްވަރުވެފައެވެ.

ކޮމެންޓް

871x217_placeholder