ދިއްދޫ ކަޕް: ޓީނޭޖު ހަނިގޮތަކަށް މޮޅުވިއިރު، އައްސޭރި އިން މުބާރާތުގައި ބައިވެރިވާ އެހެންޓީމުތަކަށް ވަރުގަދަ މެސެޖެއެް
19 ޖުލައި 2025 - 06:37
.png&w=3840&q=75)
ދިއްދޫ ކައުންސިލުގެ ފުޓްބޯޅަ މުބާރާތް 'ދިއްދޫ ކަޕް 2025' ގައި އިއްޔެވެސް ފޯރިގަދަ މެޗުތަކެއް ކުޅެވިގެން ހިނގައްޖެއެވެ.
މުބާރާތުގެ ދެވަނަ މެޗަކަށް ހަވީރު ޓީނޭޖް އާއި ބްލެކް ޒީނޯ ވާދަކުރިމެޗު، ބްލެކްޒީނޯ ގޯލެއް ޖަހާފާއިވަނިކޮށް ޓީނޭޖުވަނީ ފަހަތުން އަރައި ހަނިގޮތަކަށް މޮޅުވެފައެވެ. މިމެޗުގެ ފުރަތަމަ ގޯލު ބްލެކް ޒީނޯ އަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފުގައި އަހުޒަމް ރަޝީދުއެވެ. ޓީނޭޖުން މެޗު އެއްވަރު ކުރި ގޯލުޖަހައިދިނީ މެޗުގެ 54 ވަނަ މިނެޓުގައި ޖެހި ހިލޭޖެހުމަކުން ލިބުނު ފުރުސަތަކުން މުޙައްމަދު އަޝްރަފްއެވެ. މެޗުން ޓީނޭޖު މޮޅުކޮށްދިން ގޯލުކާމިޔާބުކޮށްދިނީ މެޗުގެ 66 ވަނަ މިނެޓުގައި ހުސައިން ޒިމްޔާންއެވެ. މިމެޗު ޓީނޭޖުން ކާމިޔާބުކުރީ 2-1 އިން ނެވެ. މެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވުނީ ޓީނޭޖުގެ ފުރަތަމަ ގޯލުކާމިޔާބުކޮށްދިން މުޙައްމަދު އަޝްރަފް އެވެ.
ޓީނޭޖް އާއި ބްލެކް ޒީނޯވާދަކުރި މެޗުގެ ތެރެއިން
މިމުބާރާތުގައި ރޭގައިކުޅެވުނު މެޗުގައި، މެޗުގެ ބޮޑުބައެއް 10 ކުޅުންތެރިންނާއެކު ކުޅުނު އައްސޭރި ވަނީ އެޗްއެން ސްޕޯރޓްސް ކުލަބު ފަސޭކަމާއެކު ބަލިކޮށްފައެވެ. މިމެޗުގައި އައްސޭރި ޓީމުގެ ބޭރުކުޅުންތެރިޔާ ވަލޭސް ރެޖޭރިއޯ ވަނީ ޑަބަލް ހެޓްރިކް ހަދާފައެވެ. މީގެ އިތުރުން އައްސޭރިގެ އުމަރު ފަރުޙާން ދެގޯލު ކާމިޔާބުކޮށްފައިވާއިރު، އަނެއް ގޯލު ކާމިޔާބުކޮށްދިނީ މާސެލޯ ސަންޓޯސްއެވެ. އެޗް.އެންގެ ހަމައެކަނި ގޯލު އާހިލް އަހުމަދު ކާމިޔާބުކޮށްފައިވާއިރު، މެޗުގެ 53 ވަނަ މިނެޓުގައި އައްސޭރިގެ ކީޕަރު ކުރި ފައުލަކާއި ގުޅިގެން އޭނާއަށްވަނީ ރަތްކާޑުދައްކައި ދަނޑުން ފޮނުވާލާފައެވެ. މިމެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ އައްސޭރިގެ ވަލޭސް ރެޖޭރިއޯއެވެ.
އައްސޭރި ވަނީ އެޗްއެން ސްޕޯރޓްސް ކުލަބާއި ވާދަކުރި މެޗުގެ ތެރެއިން
މިމުބާރާތުގައި މިރޭ ދިއްދޫ ޒުވާނުންގެ ޖަމިއްޔާ އާއި ބްލެކް ޒީނޯ ވާދަކުރާއިރު، މިމުބާރާތުގެ ހުރިހާ މެޗެއްވެސް މެންދުރު ޓީވީއިން ލައިވްކުރާނެއެވެ.