logo
Bank of Maldives

Bank of Maldives

ޚަބަރު

ދިއްދޫގައި އިމާރާތްކުރާ 75 ރޯހައުސްގެ 98 އިންސައްތަ މަސައްކަތް ނިމިއްޖެ

އަޙުމަދު ރިޝާން
21 ޖުލައި 2026 - 11:36
ދިއްދޫގައި އިމާރާތްކުރާ 75 ރޯހައުސްގެ 98 އިންސައްތަ މަސައްކަތް ނިމިއްޖެ

ހއ. ދިއްދޫގައި ސަރުކާރުން އިމާރާތްކުރަމުންދާ 75 ހައުސިން ޔުނިޓު މަޝްރޫއުގެ 98.55 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް ބިނާވެރިކަމާއި ގެދޮރުވެރިކަމާ ބެހޭ މިނިސްޓްރީން ބުނެފި އެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން 2022 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކުރި މި މަޝްރޫއުގައި މިހާރު ކުރިއަށްދަނީ ބަދިގެއާ ފާޙާނާގެ ފިނިޝިންގ މަސައްކަތެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިއްދޫގައި 75 ހައުސިން ޔުނިޓު އަޅަން އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފައިވަނީ 120 މިލިއަން ރުފިޔާ އަށެވެ.

އެ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައި ވަނީ ދެ ފަންގިފިލާގެ ރޯހައުސްތަކެކެވެ. ހައުސިންގ މިނިސްޓްރީން ބުނީ ކޮންމެ ރޯހައުސްއެއްގައި ތިން ކޮޓަރި، 3 ފާހާނާ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރޫމް ހުންނާނެ ކަމަށެވެ.

ދިއްދޫގައި އިމާރާތްކުރާ ހައުސިން ޔުނިޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފަސޭހައަށާއި ހިތްހަމަޖެހުމަށް އެ ސަރަހައްދު ވަށައިގެން އަލިކޮށް އެ ސަރަހައްދުގައި ޕާކަކާއި ވެހިކަލް ޕާކިން ޒޯނެއް ޤާއިމުކުރުމަށް ވެސް އެ މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިއްދޫގައި އިމާރާތްކުރާ 75 ރޯހައުސްގެ 98 އިންސައްތަ މަސައްކަތް ނިމިއްޖެޚަބަރު | 4 ގަޑިއިރު ކުރިންއެންމެ 50 ދުވަހުގެ ތެރޭ ދިއްދޫ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢު ނިންމާލައިފިޚަބަރު | 5 މަސް ކުރިންދިއްދޫ ބިން ހިއްކުން: މިހާތަނަށް 78 ހެކްޓަރުގެ ބިން ހިއްކައިފިޚަބަރު | 5 މަސް ކުރިންހއ. ދިއްދޫ އެއަރޕޯޓު އެޅުމަށް ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފިޚަބަރު | 7 މަސް ކުރިން