logo
Bank of Maldives

Bank of Maldives

ޚަބަރު

ދިއްދޫ ބިން ހިއްކުން: މިހާތަނަށް 78 ހެކްޓަރުގެ ބިން ހިއްކައިފި

އައިޝަތު ނަޝާ
8 ފެބްރުއަރީ 2026 - 08:30
ދިއްދޫ ބިން ހިއްކުން: މިހާތަނަށް 78 ހެކްޓަރުގެ ބިން ހިއްކައިފި

ހއ. ދިއްދޫ އެއާޕޯޓް ތަރައްގީކުރުމާއި ބޯހިޔާވަހިކަމާއި އެހެނިހެން ހިދުމަތްތަކަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން 78 ހެކްޓަރުގެ ބިން މިހާތަނަށް ހިއްކާފައިވާ ކަމަށް  މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއަށް އެމްއޭސީއެލް އިން ގެނައީ "ލީވް އެރިކްސަން" ނަމަކަށް ކިޔާ ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރެކެވެ. އެއްފަހަރާ 46,000 ކޮޑި މީޓަރު ހިއްކުމުގެ ގާބިލުކަން ލިބިގެންވާ މި ޑްރެޖަރަކީ މި ވަގުތު ދުނިޔޭގައި އޮތް މިފަދަ އެންމެ ހައި-ޓެކް އަދި އެންމެ ބާރުގަދަ ދެ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުޅުތަކުގެ ތެރޭގައި ހިމެނޭ ދިއްދޫގެ ބިން ހިއްކުމުގެ މަސައްކަތް ފެށީ ޖެނުއަރީ ފަސް ވަނަ ދުވަހެވެ.

މަސައްކަތުގެ އެންމެ ފަހުގެ އަދާހަމަ ހިއްސާ ކުރައްވަމުން އެމްއޭސީއެލްއިން ބުނީ، ދިއްދޫގެ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 78 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، އެއީ އެ މަޝްރޫއުގެ 70 އިންސައްތަ ކަމަށެވެ.

ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެމްއޭސީއެލް އިން ހިއްކުމަށް ހަމަޖެހިފައިވަނީ 111 ހެކްޓަރެވެ.

ދިއްދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއާޢެކު، ދިއްދޫގެ ބިމުގެ ޖާގައިގެ މައްސަލައަށް ޙައްލު ލިބި، އެއާޕޯޓު ތަރައްޤީ ކުރުމާއި ބޯހިޔާވަހިކަމަށް ބިން ދިނުމުގެ މައްސަލައަށް ޙައްލު ލިބިގެން ދާނެއެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު މިހާރު އޮތް ދިއްދޫ ދެގުނަ ބޮޑު ވެގެންދާނެ ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިއްދޫ ބިން ހިއްކުން: މިހާތަނަށް 78 ހެކްޓަރުގެ ބިން ހިއްކައިފިޚަބަރު | 2 ގަޑިއިރު ކުރިންހއ. ދިއްދޫ އެއަރޕޯޓު އެޅުމަށް ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފިޚަބަރު | މަހެއް ކުރިންދިއްދޫ އެއާޕޯޓު ތަރައްގީކުރުމަށް ބިން ހިއްކުމުގެ މަސައްކަތް ފަށައިފިޚަބަރު | މަހެއް ކުރިންވިދިވިދިގެން ތިންވަނަ ފަހަރަށް ދިއްދޫކަޕް ކާމިޔާބުކޮށް ރިއަލް ޓީ ތާރީޚުގެ ތެރެއަށްކުޅިވަރު | 6 މަސް ކުރިން