logo
Bank of Maldives

Bank of Maldives

ކުޅިވަރު

މަލާމާތާއި ފުރައްސާރައާއި ހެދި ލެޖެންޑް ޓޮޓީގެ ދަރިފުޅު ރިޓަޔަރ ކޮށްފި

އަބްދުﷲ ޣާނިމް
29 ޖުލައި 2025 - 10:49
ޓޮޓީ އޭނާގެ ދަރިފުޅު ކްރިސްޓިއަން ޓޮޓީއާއެކު
ޓޮޓީ އޭނާގެ ދަރިފުޅު ކްރިސްޓިއަން ޓޮޓީއާއެކު

އޭއެސް ރޯމާ އަދި އިޓަލީގެ ލެޖެންޑް ފްރެންޗެސްކޯ ޓޮޓީގެ ދަރިފުޅު، 19 އަހަރުގެ ކްރިސްޓިއަން ޓޮޓީ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުން ހުއްޓާލުމަަށްފަހު ރިޓަޔަރ ކުރަން ނިންމައިފިއެވެ. ނިންމާފައެވެ.

އޭއެސް ރޯމާ، ފްރޮސިނޯނެ އަދި ރާޔޯ ވަލެކާނޯގެ ޔޫތު ޓީމުތަކުގައި ކުޅުމަށްފަހު، އިޓަލީގެ ސީރީ ޑީގައި އަވެޒާނޯ އަދި އޮލްބިއާ ކްލަބުތަކުގައި ކުޅުނު ކްރިސްޓިއަން، ކުޅުން ހުއްޓާލުމަށް ނިންމީ އޭނާގެ މަޝްހޫރު އާއިލީ ނަމާ ގުޅިގެން ކުރިމަތިވި ބޮޑެތި އުންމީދުތަކާ ހުރެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކްރިސްޓިއަންއަށް މީގެކުރިން ގިނަ ބަޔަކު ދިޔައީ ސޯސަލް މީޑިޔާގައި އަދި އެހެނިހެން ގޮތްގޮތުން އޭނާގެ ބައްޕަގެ ހުނަރާއި އަޅުވާކިޔައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުންނެވެ. މިކަމާއި ގުޅިގެން ކްރިސްޓިއަން އަށް ބޮޑެތި ޕްރެޝަރެއް ކުރިމަތިވެ، ދަނޑުމަތީގެ ކުޅުމަށްވެސް މިކަމުގެ ސަބަބުން އަސަރުކޮށްފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

އެގޮތުން ފާއިތުވެދިޔަ ހަ މަސް ދުވަހު އެއްވެސް ކޮންޓްރެކްޓެއް ނެތި، ކުރިމަތިވި ޕްރެޝަރާއެކު ރިޓަޔަރ ކުރަން މަޖުބޫރުވީއެވެ.

މި ޒުވާން މިޑްފީލްޑަރު މިހާރު ވަނީ އޭނާގެ ބައްޕަ އުފައްދާފައިވާ ޓޮޓީ ސޮކަރ ސްކޫލްގައި މަސައްކަތްކުރަން ފަށާފައެވެ. އެތަނުގެ ޖެނެރަލް މެނޭޖަރު ކްލައުޑިއޯ ޑުލިސްއާ އެކު ސްކައުޓިންގގެ މަސައްކަތްތަކުގައި ބައިވެރިވާނެއެވެ.

ކްރިސްޓިއަންގެ މި ނިންމުމަކީ، މަޝްހޫރު ފުޓްބޯޅަ ތަރިންގެ ދަރިން ކުރިމަތިލާންޖެހޭ ބޮޑެތި ޕްރެޝަރުތަކާއި މާލީ ގޮންޖެހުންތަކާ ގުޅޭގޮތުން މިހާރު ކުރިމަތިވަމުންދާ ކަންކަން ދޭހަކޮށްދޭ ކަމެކެވެ. މިކަންކަމާހުރެ ފުޓްބޯޅައިގައި އުފެދިފައިވާ ލެޖެންޑުންގެ ދަރިންނަށް ފުޓްބޯޅައިގެ މަތީ ފަންތީގައި ފައިހަމަކޮށްލެވިފައިވަނީ މަދު ފަހަރަކުއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުޓްބޯޅަ ޢާއިލާ އަށް އުފާވެރި ޚަބަރެއް، ފީފާގެ ރައީސް ރާއްޖެ ވަޑައިގަންނަވަނީޚަބަރު | ދުވަހެއް ކުރިންސުޕާ ކަޕްގެ ކާމިޔާބީގެ އަސްލަކީ، އަޑިއަޅާލާފައި އޮތް ދިވެހި ފުޓުބޯޅައަށް އިންވެސްޓުކުރި މަދަދުގާރު މާޒިޔާ: މުބީންކުޅިވަރު | މަހެއް ކުރިންނިއުގެ ހަގީގީ މަގާމަށް ވާސިލްވުމަށް ކުރާ ދަތުރުގެ ޕާޓްނަރަކަށް މެންދުރުޓީވީކުޅިވަރު | 2 މަސް ކުރިންއެޓޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިކުޅިވަރު | 2 މަސް ކުރިން