logoEN
ޚަބަރު

ޕޯސްޓް މެދުވެރިކޮށް ޑްރަގް އެތެރެ ކުރި މީހަކަށް 22 އަހަރުގެ ޖަލު ޙުކުމެއް

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

06 ޖެނުއަރީ 2025 - 14:10

ޕޯސްޓު މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި ހުރި ފޮށީގަނޑަކާ ހަވާލުވި މީހަކު 22 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އެ މައްސަލާގައި ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ސ ހިތަދޫ / ޖިބްރޯލްޓާ، ޝަރުވާން ސަލީމްގެ މައްޗަށެވެ.

އެހެންނަމަވެސް މި މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި މީނާ ވަނީ މި ދަޢުވާއަށް އިންކާރު ކޮށްފައެވެ.

ޝަރުވާންގެ މައްޗަށް އުފުލި ދައުވާތަކަށް އިންކާރުކޮށް ކޯޓުގައި އޭނާ ބުނީ، މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އަމަލީ ގޮތުން އެއްވެސް ސިފައެއްގައި ބައިވެރިވެފައިނުވާނެ ކަމަށެވެ. އަދި މަސްތުވާތަކެތި ހުރި ކަމަށް ބުނާ ފޮށިގަނޑާއި ޕެކޭޖާއި ނުވަތަ އެ މަސްތުވާތަކެތި ގެނައުމުގެ އެއްވެސް މޯޓިވްއެއް ނެތް ކަމަށް ޝަރުވާން ބުނެފައިވާ ކަމަށް ގާޒީ އަލީ ނަދީމް ކުރެއްވި ހުކުމްގައި ބުންޏެވެ.

ޝަރުވާންގެ މައްޗަށް އުފުލި ދައުވާ ސާބިތުވެ 22 އަހަރާއި 2 މަހާއި 3 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށް، އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވެ އެވެ. ޖޫރިމަނާގެ ފައިސާ އިއްޔެއިން ފެށިގެން 12 ދުވަހުގެ ތެރޭގައި މީރާއަށް ދައްކަން ހުކުމްކޮށްފައިވެ އެވެ.

ކޮމެންޓް

871x217_placeholder