logoEN
ޚަބަރު

ހޯޑެއްދޫގެ ފެނާއި ނަރުދަމާ ނިޒާމް ރައީސް އިފްތިތާހުކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ހޯޑެއްދޫގެ ފެނާއި ނަރުދަމާ  ނިޒާމް އިފްތިތާހުކުރައްވަނީ--- ފޮޓޯ/ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ހޯޑެއްދޫގެ ފެނާއި ނަރުދަމާ ނިޒާމް އިފްތިތާހުކުރައްވަނީ--- ފޮޓޯ/ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގދ.ހޯޑެއްދޫގެ ފެނާއި ނަރުދަމާ ނިޒާމް އިފްތިހާހްކޮށްދެއްވައިފިއެވެ.

އެރަށުގެ ފެނާއި ނަރުދަމާ ރައީސް އިފްތިތާޙްކޮށްދެއްވީ ތިން ދުވަހުގެ މުއްދަތަށް ހުވަދޫ އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، މިއަދު އެރަށަށް ވަޑައިގެންނެވުމަށް ފަހުއެވެ. ރައީސްގެ އަރިހުގައި، އެ ރަށުގެ ފެނާއި ނަރުދަމާ އިފްތިތާޙްކޮށްދެއްވީ، އިމާރަތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބްއެވެ.

މިއަދު އިފްތިތާހްކުރެވުނު ފެނާއި ނަރުދަމާ އަކީ، އިންޑިޔާ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީގެ ދަށުން 2019 ވަނަ އަހަރު ޢަމަލީ މަސައްކަތް ފަށައި، މިދިޔަ އަހަރު އެ މަސައްކަތް ނިންމުމަށް ފަހު ސަރުކާރާ ހަވާލުކުރި މަސައްކަތެކެވެ. އެ މަސައްކަތް ކޮށްފައިވަނީ އިންޑިޔާގެ ޓްރިވެނީ ކުންފުނިންނެވެ.

ރައީސް މުޢިއްޒު ހުވަދުއަތޮޅަށް ކުރައްވާ މި ދަތުރުފުޅަކީ ވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި، ރަށްތަކާއި އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް މިދިޔަ އަހަރު ފަށްޓަވައިގެން ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅު ނިންމަވާލައްވައި، މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުއެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder