ރައީސް ހޯނޑެއްދޫއަށް ވަޑައިގަތުމުނުް ހޫނު މަރުހަބާއެއް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހޯނޑެއްދޫއަށް ވަޑައިގެންނެވުން -- ފޮޓޯ: ރައީސް އޮފީސް
07 ޖެނުއަރީ 2025 - 06:33
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ގދ. ހޯނޑެއްދޫއަށް ވަޑައިގަންނެވުމުން ހޫނު މަރުހަބާއެއް އެރަށުން ކިޔައިފިއެވެ.
ހުވަދު އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ހޯނޑެއްދޫއަށް ރައީސް ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެގޮތުން ރައީސް އެރަށަށް ވަޑައިގެންނެވުމުން، ގިނަ އަދަދެއްގެ ރައްޔިތުން ވަނި ރައީސްއަށް މަރްޙަބާ ދެންނެވުމަށް އެ ރަށު ބަނދަރު ސަރަޙައްދަށް ނުކުމެފައެވެ.
މިއަދު ހެނދުނު އެރަށަށް ވަޑައިގެން، އެރަށުގެ ފެނާއި ނަރުދަމާގެ ޚިދުމަތް ރައީސް ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި ހޯނޑެއްދޫ ހިމެނޭހެން ހުވަދު އަތޮޅުގެ 9 ރަށްރަށަށް ވަޑައިގަންނަވާނެއެވެ. އެގޮތުން ހުވަދުއަތޮޅު ދެކުނުބުރިން ރައީސުލްޖުމްހޫރިއްޔާ ދެން ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ނަޑެއްލާ، ވާދޫ، ފިޔޯރީ އަދި ރަތަފަންދޫއަށެވެ. ހުވަދުއަތޮޅު އުތުރުބުރިން އެމަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ކަނޑުހުޅުދޫ، ނިލަންދޫ، މާމެންދޫ އަދި ދެއްވަދޫއަށެވެ.