logo
Bank of Maldives

Bank of Maldives

ޚަބަރު

ހުއްދަ ދޫކޮށްފައިވާ މަތީ ތަޢުލީމުދޭ މަރުކަޒުތައް އައު ދަފްތަރުގައި ރަޖިސްޓްރީވާން އެދިއްޖެ

އާމިނަތު ޝަފާ
7 ޖެނުއަރީ 2025 - 12:42
މިނިސްޓަރ ހައިދަރު
މިނިސްޓަރ ހައިދަރު

މަތީ ތަޢުލީމާއި ތަމްރީންދޭ މަރުކަޒުތަކުގެ އައު ދަފްތަރުގައި ރަޖިސްޓްރީނުވާނަމަ، އެ މަރުކަޒަކުން ހިންގާ ކޯސްތައް ޤަބޫލުނުކުރާނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އެމްކިޔުއޭއިން ބުނެފިއެވެ.

މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ ދަށުން، ދިވެހިރާއްޖޭގައި މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތައް ހިންގޭނީ މަތީ ތަޢުލީމާޢި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގައި ރަޖިސްޓަރ ކުރުމަށް ފަހު ކަމަށާއި މިއަދާ ހަމައަށް ރީ ރަޖިސްޓްރީ ނުކުރާ 101 އިންސްޓިޓިއުޓްތަކުން ހިންގާ ޕްރޮގްރާމްތައް ބަލައިނުގަންނާނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ އޮތޯރިޓީން މިއަދު ކުރި އާންމު އިއުލާނެއްގައި ބުނެފައި ވަނީ، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީ ކުރުމާ ބެހޭ ވުޒާރާގެ ދަފުތަރުގައި ރަޖިސްޓްރީ ވެފައި ނުވާ ކޮލެޖްތަކާއި އިންސްޓިޓިއުޓްތަކުން ހިންގާ ޕްރޮގްރާމްތައް މިއަދުން ފެށިގެން ބަލައި ނުގަންނާނީ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ 21 ވަނަ މާއްދާގެ ބ .ގެ ދަށުން ކަމަށެވެ. ނަމަވެސް ކުރިން އެޕްރޫވަލް ދީފައިވާ ޕްރޮގްރާމްތަކުން ކިޔަވާފައިވާ އަދި އެމްކިޔުއޭއަށް ބެޗް އޮޑީޓަށް ފޮނުވާފައިވާ ދަރިވަރުންގެ ސަނަދު އެ އޮތޯރިޓީން ޤަބޫލުކުރާނެ ކަމަށެވެ.

އެ އޮތޯރިޓީން ވަނީ މި އިޢުލާނާއެކު 101 ކޮލެޖްތަކާއި އިންސްޓިޓިއުޓްތަކުގެ ނަންތައް ހިމެނޭ ލިސްޓެއް ވެސް ހިމަނާފައެވެ. އަދި ބުނެފައި ވަނީ އެ އޮތޯރިޓީގެ ވެބްސައިޓްގައި ހިމެނޭ " ޕްރޮގްރާމް އެކްރެޑިޓޭޝަން" ބައިގައިވާ " ޕްރޮވިއަސް އެޕްރޫވްޑް ޕްރޮގްރާމް" ލިސްޓްގައި ވާ މަރުކަޒުތަކާއި ދިމާލުގައި މިކަން ފާހަގަކޮށް ވެބްސައިޓްގައި ޝާއިއުކުރާނެ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮރެއާގައި މާސްޓަރސްއަށް ކިޔަވަން 5 ސްކޮލަރޝިޕަށް ހުޅުވާލައިފިޚަބަރު | 4 މަސް ކުރިންޗައިނާއިން ދޭ 20 ސްކޮލަރޝިޕަށް ހުޅުވާލައިފިޚަބަރު | 4 މަސް ކުރިން93 ސްކޮލަރޝިޕް ސްކީމަށް 344 މިލިއަން ރުފިޔާ ހޭދަކޮށްފިޚަބަރު | 7 މަސް ކުރިންސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން 982 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިޚަބަރު | 8 މަސް ކުރިން