ހޯޑެއްދޫގައި އޭޓީއެމް އެއް ބަހައްޓަނީ

07 ޖެނުއަރީ 2025 - 13:52
ހޯނޑެއްދޫގައި އޭޓީއެމްއެއް ޤާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ހޯނޑެއްދޫގައި އޭޓީއެމްއެއް ބެހެއްޓުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސްއާއި އެރަށު ކައުންސިލާއި ދެމެދު އެވެ. މިމަސައްކަތް ކުރިއަށްގެންދަން ނިންމާފައިވަނީ ރަށު ކައުންސިލާ ހަވާލުކޮށްގެންނެވެ.
އެއްބަސްވުމުގައި ހޯނޑެއްދޫ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް ހުސެއިން ވާރިޝްއެވެ. ބޭންކް އޮފް މޯލްޑިވްސް ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް ބިޒްނަސް އޮފިސަރ މޫސާ ނިމާލްއެވެ.
މި އޭޓީއެމް ބެހެއްޓުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހޯނޑެއްދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓިއެމްގެ ޚިދުމަތް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ބޭންކް އޮފް މޯލްޑިވްސްއިން މިހާރު ރާއްޖޭގެ 90 ރަށެއްގައި 150 އޭޓީއެމް ބަހައްޓައިގެން ދަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ. މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް 17 ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ވަނީ ނިންމާފައެވެ.
އިތުރު ލިޔުންތައް

ޑޮލަރުގެ މުޢާމަލާތްތައް ވަގުތީ ގޮތުން މެދު ކަނޑާލީ ޑޮލަރު ނުލިބޭތީ: މެންބަރު އަޒާން
8 މަސް ކުރިން
ބީއެމްއެލްގެ ރުފިޔާކާޑުންދޭ ޑޮލަރުގެ ޚިދުމަތްތައް މެދުކަނޑާލައިފި
8 މަސް ކުރިން
ބީއެމްއެލް ގެ ނިންމުން އަނބުރާ ގެނެސްފި
8 މަސް ކުރިން