logoEN
ޚަބަރު

ހާލުގައި ޖެހުނު އުމްރާވެރިން ރާއްޖެ ގެނައުމުގެ މަސައްކަތް ފަށައިފި

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

08 ޖެނުއަރީ 2025 - 17:28

އުމްރާގެ އަޅުކަމަށް ސައުދި އަރަބިއްޔާގެ މައްކާއަށް ގޮސް އެނބުރި ނާދެވިފައި ތިބި އުމްރާވެރިން އަނބުރާ ރާއްޖެއަށް ގެނައުމަށް ކުރަންޖެހޭ ކަންކަމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސަައްކަތް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ފަށައިފިއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މައްކާ ތާށިވެފައިވަނީ އަލްޙިޖްރު ނަމަކަށް ކިޔާ ކުންފުންޏެއްގެ ޙަވާލުގައި ޢުމްރާއަށް ދިޔަ 24 ދިވެއްސެކެވެ. އަދި މި މައްސަލަ ދިމާވީ ޢުމްރާއަށް ދިޔަ މީހުން މާލެ އައުމަށް ޓިކެޓް ނަގަން ހުރި ފައިސާ އެ ކުންފުނިން އެހެންކަންކަމަށް ޚަރަދުކުރުމުންކަމަށްވެސް މަޢުލޫމާތު ލިބެއެވެ.ޢުމްރާއަށް މީހުން ގެންދިޔުމުގައި އިހުމާލުވާ ކުންފުނިތަކާމެދު އުސޫލުގެ ދަށުން ފިޔަވަޅު އަޅުއްވާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަކީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހާލުގައި ޖެހުނު މީހުން ރާއްޖެ ގެނައުމުގެ ކަންކަން ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިރުޝާދުގެ ދަށުން ހައްޖު ކޯޕަރޭޝަނުން ކުރަމުންދާ ކަަމަށެވެ.

ޝަކީލްގެ އެ ޕޯސްޓާއި ގުޅިގެން ވަޒީރު ޑރ. ޝަހީމް ވިދާޅުވީ "މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ވަރުގަދަ ކަމާއެކު ވުޖޫދުގައި އޮންނަންޖެހެނީ ކީއްވެގެންކަން ޙާލުގެ ދުލުން ނުކިޔައިދޭތޯ؟ ހައްޖު ކޯޕަރޭޝަނާ މެދު ދިވެހިން އުފާވާންވާނެ،". ކަމަށެވެ.

އެ އުމްރާ ގްރޫޕްގެ ފަރާތުން ދިޔަ މީހަކު މީސް މިޑިއާގައި ބުނެފައި ވަނީ އޭނާއަކީ އެ ގްރޫޕްގެ ފަރާތުން އުމްރާއަށް އައިސް ހުރި މީހެއް ކަމަށެވެ. އަދި މި ގްރޫޕްގައި އޭނާއާއެކު 25 ވަރަކަށް މީހުން އައިސް މައްކާގައި ތިބި ކަމަށްވެސް ބުނެފައި ވެއެވެ.

ކޮމެންޓް

871x217_placeholder