ރެސިޑެންޝަލް އިމާރާތް ނިމުމުން ކުންފުނީގެ ދަރަނީގެ ބޮޑުބައި ދެއްކޭނެ - ޝަކީލް


03 އޮކްޓޯބަރު 2024 - 05:50
ޙައްޖު ކޯޕަރޭޝަނަކީ އާމްދަނީ ލިބޭ ކުންފުޏަކަށް ހެދުމަށްޓަކައި އެކުންފުނިންވަނީ ރިއަލްއެސްޓޭޓް ވިޔަފާރިއަށް ވަނުމަށް ނިންމާފައިވާ ކަމަށާއި، އެގޮތުން ހުޅުމާލޭގައި ރެޒިޑެންޝަލް އިމާރާތެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާއިރު އެ އިމާރާތުގެ އެޕާޓްމަންޓްތައް ވިއްކާނިމުމުން ކުންފުނީގެ ދަރަނީގެ ބޮޑުބައެއް ދެއްކޭނެކަމަށް ޙައްޖު ކޯޕަރޭޝަން މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝަކީލް ވިދާޅުވީ ރިއަލް އެސްޓޭޓް ދާއިރާ ނޫން އެހެން ދާއިރާތަކުންވެސް އިންވެސްޓު ކުރުމަށް މަސައްކަތްކުރަމުންދާކަމަށާއި، ދިގުމުއްދަތަކަށް ކުންފުންޏަށް އާމްދަނީ ލިބޭނެ ގޮތްތައް ބަލަމުންދާކަމަށެވެ.
ފާއިތުވި 11 އަހަރުގެ ތެރޭގައި ޙައްޖުކޯޕަރޭޝަން ހިންގާފައިވަނީ އެ ކޯޕަރޭޝަން އުފެއްދި މަޤްޞަދުގައި ނޫންކަމަށާއި، އެ އަހަރުތަކުގައި އެ ކޯޕަރޭޝަން އޮތީ ޙައްޖާއި ޢުމްރާއަށް މީހުންގެންދާ ގުރޫޕެއްގެ ގޮތުގައިކަމަށްވެސް ޝަކީލް ވިދާޅުވިއެވެ.
11 އަހަރު ވަންދެން ކުންފުނީގައި އޮތް ދަރަނި އެއްކޮށް ޚަލާސްކުރުމަށް ވަގުތުނަގާނެކަން ޝަކީލް ފާހަގަކުރެއްވިއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މި ދައުރުގެ ތެރޭގައި އެ ދަރަނި ދައްކާ ޚަލާސްކޮށް ކުންފުންޏަކީ ފައިދާގާ ހިންގާނެ ކުންފުންޏަކަށް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވިއެވެ.
އިތުރު ލިޔުންތައް

ހައްޖު ކޯޕަރޭޝަނުން ތަރައްގީކުރާ ރެސިޑެންސްގެ ޑިޒައިންގެ މަސައްކަތް އެފްޑީސީއާ ހަވާލުކޮށްފި
7 މަސް ކުރިން
ޙައްޖު ކޯޕަރޭޝަން މީގެ ކުރިން ހިންގީ އަހަރަކު 40 މިލިއަން ރުފިޔާގެ ގެއްލުމުގައި - އެމްޑީ ޝަކީލް
6 މަސް ކުރިން
"ހައްޖު، އުމްރާ ކޮންފަރެންސް"ގައި ބައިވެރިވުމަށް ހުޅުވާލައިފި
6 މަސް ކުރިން