ޙައްޖު ކޯޕަރޭޝަނަށް ރައްޔިތުންގެ އިތުބާރު ހޯދިއްޖެ - އެމްޑީ ޝަކީލް


18 ނޮވެމްބަރު 2024 - 15:51
ވޭތުވެދިޔަ ކުރު މުއްދަތުގެ ތެރޭގައި ޙައްޖު ކޯޕަރޭޝަނަށް ރައްޔިތުންގެ އިތުބާރު ލިބިފައިވާކަމަށާއި، ޙައްޖާއި އުމްރާއަށް ދާން ފައިސާ ދައްކާ މީހުންގެ އަދަދު މިދިޔަ އަަަހަރެއްހާ ދުވަހުގެ ތެރޭގައި އިތުރުވެފައިވާކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
ޝަކީލް މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް 1 އަހަރުވުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދިން "ހަފްތާ 52" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހައްޖު ކޯޕަރޭޝަން އުފެދުނީއްސުރެ ކުންފުނީގެ ތަރައްޤީއަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަން ފާހަގަކުރައްވާ ޝަކީލް ވިދާޅުވީ ފާއިތުވި އަހަރުތަކުގައި އެ ކޯޕަރޭޝަން ހިންގަމުން އައީ ޙައްޖު އުމްރާ ގްރޫޕެއްގެ ގޮތަށް ކަމަށެވެ. އަދި ވޭތުވެދިޔަ 11 އަހަރު 168 މިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.11 އަހަރު ވަންދެން ކުންފުނީގައި އޮތް ދަރަނި އެއްކޮށް ޚަލާސްކުރުމަށް ވަގުތު ނަގާނެކަން ޝަކީލް ފާހަގަކުރައްވަމުން ޝަކީލް ވިދާޅުވީ މި ދައުރުގެ ތެރޭގައި ދަރަނިތައް ދައްކާ ޚަލާސްކޮށް ކުންފުންޏަކީ ފައިދާގާ ހިންގާނެ ކުންފުންޏަކަށް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.ޙައްޖު ކޯޕަރޭޝަނަކީ އާމްދަނީ ލިބޭ ކުންފުޏަކަށް ހެދުމަށްޓަކައި އެކުންފުނިން ވަނީ ރިއަލް އެސްޓޭޓް ވިޔަފާރިއަށް ވަނުމަށް ނިންމާފައެވެ. އެގޮތުން ހުޅުމާލޭގައި ރެޒިޑެންޝަލް އިމާރާތެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާއިރު އެ އިމާރާތުގެ އެޕާޓްމަންޓްތައް ވިއްކާ ނިމުމުން ކުންފުނީގެ ދަރަނީގެ ބޮޑުބައެއް ދެއްކޭނެކަމަށް ޝަކީލް ވިދާޅުވިއެވެ.
އަދި ރިއަލް އެސްޓޭޓް ދާއިރާ ނޫން އެހެން ދާއިރާތަކުންވެސް އިންވެސްޓު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ޝަކީލް ވިދާޅުވިއެވެ.
އިތުރު ލިޔުންތައް

ހައްޖު ކޯޕަރޭޝަނުން ތަރައްގީކުރާ ރެސިޑެންސްގެ ޑިޒައިންގެ މަސައްކަތް އެފްޑީސީއާ ހަވާލުކޮށްފި
7 މަސް ކުރިން
ޙައްޖު ކޯޕަރޭޝަން މީގެ ކުރިން ހިންގީ އަހަރަކު 40 މިލިއަން ރުފިޔާގެ ގެއްލުމުގައި - އެމްޑީ ޝަކީލް
6 މަސް ކުރިން
ރެސިޑެންޝަލް އިމާރާތް ނިމުމުން ކުންފުނީގެ ދަރަނީގެ ބޮޑުބައި ދެއްކޭނެ - ޝަކީލް
6 މަސް ކުރިން