"ހައްޖު، އުމްރާ ކޮންފަރެންސް"ގައި ބައިވެރިވުމަށް ހުޅުވާލައިފި


20 އޮކްޓޯބަރު 2024 - 07:55
ޙައްޖާއި ޢުމްރާގެ ޚިދުމަތްދޭ ކުންފުނިތަކަށް ޚާއްސަކޮށްގެން ބާއްވާ ފުރަތަމަ "ހައްޖު އުމްރާ ކޮންފަރެންސް" ނުވަތަ މަހާ ސިންތާގައި ބައިވެރިވުމުގެ ފުރުސަތު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހުޅުވައިލައިފިއެވެ.މި މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 31ވަނަ ދުވަހު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.މި މަހާސިންތާގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު ގޫގުލް ފޯމް މެދުވެރިކޮށް ބައިވެރިވެވޭނެއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސައީދު މީގެ ކުރިން ވިދާޅުވެފައިވަނީ އުމްރާއަށް ގެންދިޔުމުގެ ހުއްދަ ދީފައިވާ އެކި ޖަމާޢަތްތަކަށް ދަޢުވަތު ދީފައިވާކަމަށެވެ.މި މަހާސިންތާއަކީ، ޚިދުމަތް ދޭ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ މަހާސިންތާއެއްކަމަށް ވިދާޅުވިއެވެ. އަދި މީގެ މަޤުޞަދަކީ ޙައްޖާއި ޢުމްރާގެ އަޅުކަމަށް ދިވެހިން ގެންދިއުމުގެ އިންތިޒާމު ހަރުދަނާކުރުންކަމަށް ވަޒީރު ވިދާޅުވިއެވެ.ޙައްޖާއި ޢުމްރާގެ މަހާސިންތާއެއް ބޭއްވުމަށް ސަރުކާރުން ނިންމަވާފައިވާއިރު، ރާއްޖޭގައި މިވަގުތު ޙައްޖަށް މީހުން ގެންދަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ފަރާތުންނެވެ. ނަމަވެސް ޢުމްރާއަށް މީހުން ގެންދިއުމަށް މިވަގުތުވެސް 56 ކުންފުންޏަކަށް އިސްލާމީ ކަންތައްތާކާ ބެހޭ ވުޒާރާގެ ފަރާތުން ވަނީ ހުއްދަދެއްވާފައެވެ.އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން އަންނަނީ ދީނީ އެކިއެކި ކަންކަމާ ގުޅިގެން މިފަދަ މަހާސިންތާތައް ބާއްވަމުންނެވެ. އެގޮތުން ޙައްޖާއި ޢުމްރާއަށް ގެންދިއުމުގެ ކަންކަން ހަރުދަނާ ކުރުމަށް މަހާސިންތާއެއް ރާވާފައިވާއިރު، މީގެ ކުރިން އިމާމުންގެ މަހާސިންތާއަކާއި، ދީނީ ޢިލްމުވެރިންގެ މަހާސިންތާއެއްވެސް ވަނީ ބާއްވާފައެވެ. މިއީ ރާއްޖޭގެ ދީނީ ރޮނގުން ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރުމަށް އެ ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އިތުރު ލިޔުންތައް

ހައްޖު ކޯޕަރޭޝަނުން ތަރައްގީކުރާ ރެސިޑެންސްގެ ޑިޒައިންގެ މަސައްކަތް އެފްޑީސީއާ ހަވާލުކޮށްފި
7 މަސް ކުރިން
ޙައްޖު ކޯޕަރޭޝަން މީގެ ކުރިން ހިންގީ އަހަރަކު 40 މިލިއަން ރުފިޔާގެ ގެއްލުމުގައި - އެމްޑީ ޝަކީލް
6 މަސް ކުރިން
ރެސިޑެންޝަލް އިމާރާތް ނިމުމުން ކުންފުނީގެ ދަރަނީގެ ބޮޑުބައި ދެއްކޭނެ - ޝަކީލް
6 މަސް ކުރިން