ފެންބޮޑުވުމުގެ ހާދިސާގައި މާލޭގެ ގެތަކަށް ލިބުނު ގެއްލުން 2.2 މިލިއަން ރުފިޔާއަށް އަރާ : އެމްޑީއެންއޭ
މާލޭގައި ވިއްސާރަ ކޮށް ފެންބޮޑުވެފަ-- ފޮޓޯ: މެންދުރު
09 ޖެނުއަރީ 2025 - 05:58
މާލޭގައި ފެންބޮޑުވުމުގެ ހާދިސާގައި މާލޭގެ ގެތައް 2.2 މިލިއަން ރުފިޔާގެ ގެއްލުން ވަނީ ލިބިފައެވެ.
މިއީ ހަމައެކަނި މީހުން ދިރިއުޅޭ ގެތަކަށް ލިބުނު ގެއްލުމެވެ. އޭގެ ތެރޭގައި އެކިއެކި ވިޔަފާރިތަކާއި ގުދަންތައް ނުހިމެނޭކަން އެންޑީއެމްއޭ އިން ފާހަގަކުރައްވާފައި ވެއެވެ.
އެ ދުވަހު ކުރި ވިއްސާރައިގައި ފެންބޮޑުވުމާއި ގުޅިގެން ހިފާގެންގުޅޭ ތަކެއްޗާއި އިމާރާތްތަކަށް އެކިވަރުގެ ގެއްލުން ލިބިގެން ޑެމޭޖް އެސެސްމަންޓް ހަދަން ޖެހޭ ކަމަށް މާލެއިން 145 ގޭބިސީއެއް ފާހަގަކުރެވުނު ކަމަށްވެސް އެންޑީއެމްއޭ އިން ބުނެފައިވެ އެވެ.
އޭގެ ތެރެއިން 115 ގެއެއްގެ އެސެސްމަންޓް މިހާރު ވަނީ އެއްކޮށް ހަދާ ނިމިފައެވެ. 13 ގެއަކުން އެސެސްމަންޓް ހަދަން ބޭނުންނުވާ ކަމަށް އަންގާފައިވާ ކަމަށް އެންޑީއެމްއޭ އިން ވިދާޅުވެފައި ވެއެވެ. އަދި ވެރިފަރާތަށް ނުގުޅިގެންނާއި ގެއަށް ނުވަދެވިގެނާއި އަދިވެސް އިތުރު ސަބަބުތަކާއި ހެދި އެސެސްމަންޓް ހަދަންޖެހޭ ތަނަށް ނުވަދެވުމުގެ ސަބަބުން 17 ތަނެއްގެ އެސެސްމެންޓް ނެހެދޭ ކަމަށް އެމްޑީއެމްޑީއޭ އިން ވިދާޅުވެއެވެ.
އަތޮޅު ތެރޭ ރަށްރަށުގެ މީހުން ދިރިއުޅޭ ގެތަކަށް ލިބުނު ގެއްލުން 8 ލައްކައަށް އަރައެވެ. މީގެ ތެރޭގައި ދަނޑު ބިންތަކާއި ވިޔަފާރިތައް އަދި ގުދަންތަކަށް ލިބުނު ގެއްލުން ނުހިމެނޭ ކަމަށެވެ.
ފެންބޮޑުވުމުގެ އޮޕަރޭޝަންއަށް 61،500ރ ރުފިޔާ ކަމަށާއި އަދި ރިލީފްގެ ގޮތުގައި ހާލުގައި ޖެހުނު ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުން ބުއިމަށް ދެލައްކަ ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދެވުނު ކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ.
އެ އޮތޯރިޓީން ވިދާޅުވީ މިއީ މާލޭއަށް ބޯކޮށް ވާރޭވެހިގެން މިހާތަނަށް ހިންގުނު އެންމެ ބޮޑު އޮޕަރޭޝަން ކަމަށެވެ. އަދި އެންމެ ބޮޑަށް ގެއްލުންވެ، އެންމެ ގިނައިން މީހުން ރައްކާތެރި ތަންތަނަށް ބަދަލުކުރަން ޖެހުނު ފަހަރު ކަމަށްވެސް ވިދާޅުވިއެވެ.