logoEN

ވިސާމް ޝަރީއަތް ނިމެންދެން ބަންދަށް

ފޮޓޯ--/ ރޭގެ އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކުރި މީހާ

ފޮޓޯ--/ ރޭގެ އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކުރި މީހާ

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް

06 ސެޕްޓެމްބަރު 2024 - 15:07

ރޭ ދަންވަރު 02:48 ހާއިރު ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރީގައި ސައިކަލަކާއި ކާރެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކޮށްފައިވާ މުހައްމަދު ވިސާމް ސިދުގީ އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަންގައިފި އެވެ.

ފުލުހުން މިރޭ ބުނީ، ވިސާމްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވާ ކަމަށެވެ.

ރޭގެ އެކްސިޑެންޓާ ގުޅިގެން، ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ މީހުންނަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނުތަކާއި ގަވައިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ތަންފީޒު ކުރަން ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމާ ގުޅޭ އިދާރާތަކަށް މިއަދު ވަނީ އަންގަވައިފި އެވެ.

ކޮމެންޓް

871x217_placeholder