logo
ދުނިޔެ

ކެލިފޯނިއާ އިން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

އައިޝަތު ނަޝާތާއައިޝަތު ނަޝާތާ
9 ޖެނުއަރީ 2025 - 06:52
ކެލިފޯނިއާ އިން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

ލޮސް އެންޖެލިސް އާއި ވަށައިގެންވާ ސަރަހައްދުތަކުގައި ވަލު އަލިފާނުގެ ހާދިސާތައް ކުރިއަށްދާއިރު، ކެލިފޯނިއާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި އެވެ. ތޫފާނުގެ ބާރުގެ ވައިރޯޅިތަކުގެ ސަބަބުން  މި އަލިފާނުގެ ހާދިސާތަކުގައި މަދުވެގެން ފަސް މީހަކު މަރުވެ، 70،000 އަށް ވުރެ ގިނަ މީހުން ގެއިން ބޭރުކުރަން މަޖުބޫރުވެ، 1،000 އަށް ވުރެ ގިނަ ގެއާއި ވިޔަފާރިތައް ވަނީ ގެއްލުން ލިބިފައެވެ.

ޕެސިފިކް ޕެލިސެޑެސް އާއި އަލްޓަޑެނާ ފަދަ މުހިންމު ސަރަހައްދުތަކުގައި 26،000 އޭކަރުގެ ބާރު މިނުގައި އަލިފާން ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ފަޔަރ  ފައިޓަރުން ދަނީ މަސައްކަތް ކުރަމުންނެވެ. ލޮސް އެންޖެލިސް ކައުންޓީ ފަޔަރ ޑިޕާޓްމަންޓުން ރިޓަޔަރޑް ފަޔަރ ފައިޓަރުން އެހީތެރިވުމަށް ގޮވާލާފައިވާއިރު، ވޮޝިންޓަންގެ ރިއިންފޯސްމަންޓްތައް ވަނީ ހަރަކާތްތެރިވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފެނުގެ ދަތިކަމުގެ ސަބަބުން އަލިފާން ނިއްވުމުގެ މަސައްކަތަށް އިތުރު ދަތިތަކެއް ކުރިމަތިވަމުންދާއިރު، ބައެއް ސަރަހައްދުތަކުގައި ފަޔަރ ހައިޑްރަންޓްތައް ވަނީ ހިކިފައެވެ. ލޮސް އެންޖެލިސް ޑިޕާޓްމަންޓް އޮފް ވޯޓާ އެންޑް ޕަވާގެ ސީއީއޯ ޖެނީސޭ ކުއިނޯންސް ވަނީ ފެން ހިމާޔަތް ކުރުމަށް ރަށްވެހިންގެ ކިބައިން އެދިވަޑައިގެން، މި ހާލަތު "ވަރަށް ބޮޑަށް ގޮންޖެހުންބޮޑު" ކަމަށް ސިފަކުރައްވާފައެވެ

.އެމެރިކާގެ ކުރީގެ  ރައީސް ޖޯ ބައިޑަން އާއި ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސޯމް ވަނީ ލޮސް އެންޖެލިސްއަށް ވަޑައިގެން ލިބިފައިވާ ގެއްލުންތައް ބައްލަވާފައެވެ . ބައިޑަން ވިދާޅުވީ މި އަލިފާންގަނޑުތައް ކޮންޓްރޯލް ކުރެވެންދެން ދައުލަތަށް ވެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ...

ޝެރިފް ރޮބަޓް ލޫނާ ވަނީ ފަސް މީހަކު މަރުވިކަން ކަށަވަރުކޮށްދީ އެ އަދަދު އިތުރުވެދާނެ ކަމުގެ އިންޒާރު ދީފަ އެވެ. އަދި މިއީ އަދިވެސް ވަރަށް ފްލުއިޑް ހާލަތެއް ކަމަށާއި ހާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ..

 

ކަމާބެހޭ ފަރާތްތަކުން ވަނީ މިހާރުން މިހާރަށް ސަރަހައްދުތަކުން މީހުން ހުސްކުރުމަށް  އިލްތިމާސްކޮށްފައެވެ. އިންޒާރުތަކަށް އިހުމާލުވި އެތައް ބަޔަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ.

 

 

 

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކެލިފޯނިއާގެ އަލިފާން: އަލިފާނުން ސަލަމާތްވާ ބަޖެޓު، ގަވަރުނަރު ކުޑަކުރިކަމުގެ ތުހުމަތުދުނިޔެ | 7 މަސް ކުރިންލޮސް އެންޖެލިސްގައި ރޯވި އަލިފާނުގެ ހާދިސާގައި ގާތްގަނޑަކަށް 30 މީހުން މަރުވެއްޖެދުނިޔެ | 8 މަސް ކުރިންކެލިފޯނިއާ އިން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި ދުނިޔެ | 8 މަސް ކުރިން