logo
ދުނިޔެ

ކެލިފޯނިއާގެ އަލިފާން: އަލިފާނުން ސަލަމާތްވާ ބަޖެޓު، ގަވަރުނަރު ކުޑަކުރިކަމުގެ ތުހުމަތު

ސުދާ ލަތީފް
17 ޖެނުއަރީ 2025 - 10:11
 ގަވަރުނަރު ގެވިން ނިއުސޯމް
ގަވަރުނަރު ގެވިން ނިއުސޯމް

 ކެލިފޯނިއާގެ އަލިފާނުގެ ހާދިސާތަކުގައި މަދުވެގެން ދެ ޑަޒަނެއް މަރުވެ އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުމެއް ލިބިފައިވާއިރު، ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ގަވަރުނަރު ގެވިން ނިއުސޯމް ފައިސާ ކުޑަކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.

ނިއުސް ރިޕޯޓްތަކުގައި ބުނެފައި ވަނީ ލޮސް އެންޖެލިސްގައި ހިނގި އަލިފާނުގެ ހާދިސާގެ މަސްތަކެއް ކުރިން ނިއުސޯމް އިން އެ ސްޓޭޓްގެ ބަޖެޓުން އަލިފާން ނިއްވުމަށް ގާތްގަނޑަކަށް 100 މިލިއަން ޑޮލަރު ކަނޑާލާފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭގެ ތެރެއިން ބައެއް ޕޯސްޓުތަކަކީ ޖެނުއަރީ 10 ވަނަ ދުވަހު ނިއުސްވީކްގައި ލިޔުނު ލިޔުމެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުންތަކެކެވެ. އެ ލިޔުންތަކުގައިވާ ގޮތުގައި ގަވަރުނަރު ނިއުސޯމް، މިދިޔަ ޖޫން މަހުގެ ތެރޭގައި ބަޖެޓެއްގައި ސޮއިކުރި އިރު، އެ ބަޖެޓުގައި އަލިފާން ރޯވުމާއި ރެޒިލިއަންސް އަށް ދޭ ފައިސާ 101 މިލިއަން ޑޮލަރަށް ވަނީ ކުޑަކޮށްފައެވެ.

އެހެން ނަމަވެސް އެކަމާ ގުޅިގެން ގަވަރުނަރު ވިދާޅުވީ، 100 މިލިއަން ޑޮލަރު ކަނޑާލުމަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ. އަދި ކެލިފޯނިއާގެ ޑިޕާޓްމަންޓް އޮފް ފޮރެސްޓްރީ އެންޑް ފަޔާ ޕްރޮޓެކްޝަނުގެ ފަރާތުން، ކެލިފޯނިއާގެ އަލިފާނުގެ ޙާދިސާއަށް ހުށަހެޅި ބަޖެޓު އިތުރުކޮށްދީފައިވާކަން ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން މި އަހަރުގެ ބަޖެޓް ފާސްކުރުމުގެ ކުރިން ލެޖިސްލޭޓިވް އެނަލިސްޓުގެ އޮފީހުން މާޗް މަހު ކުރި އެނަލިސިސްގައި ވާގޮތުން ފާއިތުވި 10 އަހަރުގެ ތެރޭގައި ކެލް ފަޔާގެ ޖުމްލަ ބޭސް ވައިލްޑްފާޑް ޕްރޮޓެކްޝަން ބަޖެޓް ވަނީ ގާތްގަނޑަކަށް ތިން ގުނަ އިތުރުވެފައެވެ.

އަދި ކެލިފޯނިއާ ފަޔާގެ ޖުމްލަ ބަޖެޓް ވެސް އިތުރުވެފައިވާއިރު، އަލިފާން ނިއްވުމާއި، އިމަޖެންސީ އަލިފާން ނިއްވުމާއި، ރިސޯސް މެނޭޖްމަންޓް އަދި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އެ ކުންފުނީގެ ޖުމްލަ ބަޖެޓް، ފާއިތުވި 10 އަހަރުގެ ތެރޭގައި ދެގުނައަށް އިތުރުވެފައިވާ ކަމަށް ވެސް އެ އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކެލިފޯނިއާގެ އަލިފާން: އަލިފާނުން ސަލަމާތްވާ ބަޖެޓު، ގަވަރުނަރު ކުޑަކުރިކަމުގެ ތުހުމަތުދުނިޔެ | 8 މަސް ކުރިންލޮސް އެންޖެލިސްގައި ރޯވި އަލިފާނުގެ ހާދިސާގައި ގާތްގަނޑަކަށް 30 މީހުން މަރުވެއްޖެދުނިޔެ | 8 މަސް ކުރިންކެލިފޯނިއާ އިން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި ދުނިޔެ | 8 މަސް ކުރިން