ހިޖްރަ ގުރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުން ހޮނިހިރުދުވަހު ގެންނަނީ

އުމްރާވެރިންތަކެއް

09 ޖެނުއަރީ 2025 - 12:19
އަލްހިޖްރަ ޓްރެވަލްސް އެންޑް ޓުއާސް ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުން ހޮނިހިރު ދުވަހު މާލެ އަންނާނެކަމަށް ސަރުކާރުން ބުނެފިއެވެ.
މެންދުރު ޓީވީއަށް މައުލޫމާތު ދެއްވަމުން ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަކީލް ވިދާޅުވީ މައްސަލައާ ގުޅިގެން ރޭގެ ވަގުތެއްގައި ހައްޖު ކޯޕަރޭޝަނުގެ ފަރާތުން އުމްރާ ވެރިންނާ ބައްދަލުކުރުމުން މިއަދު މެންދުރު 1 ޖަހާއިރު އެމީހުން ތިބޭ ހޮޓަލުން ނިކުންނަން ޖެހޭކަމަށް ބުނެފައިވާކަމަށެވެ.
ވުމާއެކު ހައްޖު ކޯޕަރޭޝަނުން ހިފާފައިވާ ހޮޓަލަކަށް މިއަދު ހުރިހާ އުމްރާވެރިންވެސް ބަދަލުކޮށްފައިވާކަމަށާއި ރެއިން ފެށިގެން ކެއުމުގެ އިންތިޒާމު ވެސް ހަމަޖައްސާފައިވާކަމަށް ޝަކީލް ވިދާޅުވިއެވެ. މިހާރު އުމްރާވެރިން ރާއްޖެ ގެނައުމަށް ޓިކެޓްވެސް ނަގާފައިވާކަމަށާއި އުމްރާވެރިންގެ ހާލަތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބައްލަވަމުން ގެންދަވާކަމަށް ޝަކީލް ވިދާޅުވިއެވެ.
އުމްރާވެރިން ޖިއްދާ އެއާޕޯޓުން ފުރާނީ ހުކުރު ދުވަހުގެ އިރު އޮއްސި 7:30 ގައި ކަމަށާއި ދޯހާގައި 3 ގަޑިއިރުގެ ޓްރާންސިޓަކަށްފަހު ހޮނިހިރުދުވަހުގެ ހެނދުނު 8:10 ގައި މާލެ އާދެވޭނެކަމަށް ޝަކީލް ވިދާޅުވިއެވެ.
އަލްހިޖްރަ ޓްރެވަލްސް އެންޑް ޓުއާސް ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުން ހާލުގައިޖެއްސި މައްސަލައާ ގުޅިގެން އެ ގުރޫޕު ޖޫރިމަނާކޮށް ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.
އިތުރު ލިޔުންތައް

ހައްޖު ކޯޕަރޭޝަނުން ތަރައްގީކުރާ ރެސިޑެންސްގެ ޑިޒައިންގެ މަސައްކަތް އެފްޑީސީއާ ހަވާލުކޮށްފި
6 މަސް ކުރިން
ޙައްޖު ކޯޕަރޭޝަން މީގެ ކުރިން ހިންގީ އަހަރަކު 40 މިލިއަން ރުފިޔާގެ ގެއްލުމުގައި - އެމްޑީ ޝަކީލް
5 މަސް ކުރިން
ރެސިޑެންޝަލް އިމާރާތް ނިމުމުން ކުންފުނީގެ ދަރަނީގެ ބޮޑުބައި ދެއްކޭނެ - ޝަކީލް
5 މަސް ކުރިން