logo
Bank of Maldives

Bank of Maldives

ޚަބަރު

މަގުތަކުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ފަށައިފި

ސުދާ ލަތީފް
11 ޖެނުއަރީ 2025 - 04:16
މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަމުން ދަނީ
މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަމުން ދަނީ

މާލެ ސަރަހައްދަށް ރެއިން ފެށިގެން މެދުނުކެނޑި ވެހެނު ވާރޭގެ ސަބަބުން މާލޭގެ މަގުތަކުގައި ފެން ބޮޑުވެފައިވާއިރު، މަގުތަކުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ފަށައިފި އެވެ.

މިހާރު ރާއްޖެއަށް ކުރަމުންއަންނަ ވިއްސާރާގައި ރެއިން ފެށިގެން މާލެއަށް އަންނަނީ ވާރޭ ވެހެމުންނެވެ. މެންދަމު ބޯކޮށްލި ވާރެއާއެކު މާލޭގެ ބައެއް ސަރަޙައްދުތަކުގައިވަނީ ވަރަށްބޮޑަށް ފެންބޮޑުވެފައެވެ. އެއާއެކު ސިފައިންވަނީ ފެންހިންދުމުގެ މަސައްކަތް ފަށާފައެވެ. އަދި ޢާންމު ރައްޔިތުންގެ ގެދޮރާއި ވިޔަފާރިކުރާ ތަންތަނާއި އެނޫންވެސް ޢިމާރާތްތަކަށް ފެން ވަނަނުދިނުމަށް ވެލިބަސްތާ ޖެހުމުގެ މަސައްކަތްވެސް ކުރަމުން ދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީީގެ އިތުރުން މި މަސައްކަތުގައި މިހާތަނަށް ވަނީ 13882 ޓަނުގެ ފެން ހިންދާފައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.. އަދި ގިނަ ގެތަކަކަށް އެހީތެރިކަން ވެސް ފޯރުކޮށްދޭން ޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމަށްޓަކައި 8 ސަރަހައްދެއްގައި 23 ޕަންޕު ބަހައްޓައިގެން މަސައއްކަތް ކުރަމުން އަންނަ ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާދު ދެއެވެ. އެއީ ވެސްޓްޕާކް ސަރަހައްދުގައި ހަތަރު ޕަމްޕާއި އައިޖީއެމްއެޗު ސަރަހައްދުގައި ތިން ޕަމްޕާއި މާފަންނު ފެރީ ޓާމިނަލް ކައިރީގައި ތިން ޕަމްޕާއި ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދުގައި އެއް ޕަމްޕާއި ބޮޑުވަޅު ހިމެނޭ ސަރަހައްދުގައި އެއް ޕަމްޕާއި ކުޑަކުދިންގެ ބަގީޗާ ކައިރީގައި އެއް ޕަމްޕާއި ބިހުގެ ހިމެނޭ ސަރަހައްދުގައި އެއް ޕަމްޕް އަދި އެމްޕީއެލް ސަރަހައްދުގައި އެއް ޕަމްޕެވެ.

ސިފައިން ބުނިގޮތުގައި، މިހާތަނަށް 58 ގެއަކަށް އެކި ކަހަލަ އެހީތެރިކަން ފޯރުކޮށްދީފައި ވާކަމަށެވެ.

މި މަހުގެ ތިން ވަނަ ދުވަހު ވެސް މާލެ ސަރަހައްދަށް ވަރަށް ބޯކޮށް ވާރެ ވެހި، ހުރިހާ މަގުތަކެއްގައި ކަހަލަ ގޮތަކަށް ފެން ބޮޑުވެ، ގޭގެ އަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ. ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފައި ވަނީ އެ ފަަހަރު ލިބުނު ގެއްލުން 2.2 މިލިއަން ރުފިޔާއަށް އަރާ ކަމަށާއި އެއީ މިހާތަނަށް ވިއްސާރާގައި މާލެ އަށް އެންމެ ގެއްލުން ބޮޑު ފަހަރު ކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިފައިންގެ 8 ދުވަހުގެ ތަމްރީނެއް: މާފިލާފުށީގެ ވަށައިގެން 200 މީޓަރަށް ފްލޭއަރސް ދަތުރުކުރާނެ!ޚަބަރު | ދުވަހެއް ކުރިންފުވައްމުލަކު ފުނާޑު އަވަށު ޗަސްބިން ސަރަޙައްދުގައި އަލިފާން ރޯވެއްޖެޚަބަރު | 13 ދުވަސް ކުރިންކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބިދޭސީއަކަށް އަނިޔާވެއްޖެޚަބަރު | 13 ދުވަސް ކުރިންމާލޭގެ ހަތް ތަނެއްގައި ޕަމްޕު ބަހައްޓައިގެން ފެން ހިންދަނީޚަބަރު | 16 ދުވަސް ކުރިން