ބަންޑުން ޖަހާލި ބޯޓުން ގެއްލުނު ބިދޭސީ މީހާ އަދިވެސް ނުފެނޭ
19 ޖެނުއަރީ 2026 - 07:40
.webp&w=3840&q=75)
މާލެ ކައިރިން ބަންޑުން ޖަހާލި މުދާ އުފުލާ ބޯޓުން ގެއްލުނު މީހާ އަދިވެސް ނުފެނެއެވެ.
"ބަލްމާ 6" ނަމަކަށް ކިޔާ މި ދޯނި ބަންޑުން ޖަހާލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ 2026 ޖެނުއަރީ 18 ވާ އާދީއްތަ ދުވަހުގެ ހެނދުނު 07:27 އެހައިކަންހާއިރުއެވެ. މި ހާދިސާ ހިނގިއިރު ދޯނީގައި ޖުމްލަ ހަތަރު މީހުން ތިއްބެވެ.

Ad by Hajj Corporation
ބަންޑުންޖަހާލި މުދާ އުފުލާ ދޯނިން ދަތުރުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ގެއްލިގެން ހޯދަމުން ދަނިިކޮށް، ދޯނީގެ ކެޕްޓަން ނިޔާވެފައި އޮއްވާ އިއްޔެ ވަނީ ފެނިފައެވެ.
ނިޔާވި ކެޕްޓަންގެ އިތުރުން ދެން ގެއްލިފައިވަނީ ބިދޭސީ މީހެކެވެ. އޭނާ ހޯދުމުގެ މަސައްކަތް ދޯނި ބަންޑުން ޖަހާލި ސަރަހައްދުގައި ފުލުހުން ދަނީ ކުރަމުންނެވެ.
މި ހާދިސާގައި ނިޔާވެފައި އޮއްވާ ފެނުނީ ބ. ހިތާދޫ، މުނިޔާ، އަލީ ހުސައިންއެވެ.


