ބަންޑުން ޖަހާލި ބޯޓުން ތަކެތި އޮޔާ ދާތީ ސަމާލުވުމަށް އެދިއްޖެ
18 ޖެނުއަރީ 2026 - 06:49

ތާޖް އެގްޒޯޓިކާ ރިޒޯޓު ކައިިރިއަށް ބޯޓެއް ބަންޑުން ޖަހާލައިގެން ބައެއް ތަކެތި އޮޔާ ދާތީ، ދަތުރުވެރިން ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ ހުޅުމާލެއިން ފުރައިގެން ދޮންމާގާއަށް ދަތުރުކުރި ބޯޓެއް ވާދޫ ކަނޑުގެ ތާޖް އެގްޒޯޓިކާ ރިޒޯޓު ކައިިރިއަށް ބަންޑުންޖަހާލުމާއި ގުޅިގެން އެ ބޯޓާއި ބޯޓުގައި ހުރި ބައެއް ތަކެތި އޮޔާ ދާތީ، ދަތުރުވެރިން ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރާ ކަމަށްށެވެ.

Ad by Hajj Corporation
އަދި އެ ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ ހުޅަނގަށް ކަމަށާއި،ވީމާ ދަތުރުކުރާ ފަރާތްތަކުން އެ ކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރާ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
ހަތަރު މީހުންނާއެކު ދަތުރު ކުރަމުން ދަނިކޮށް ބަންޑުން ޖަހާލާފައިވަނީ "ބަލްމާ-6" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެކެވެ.
މި ހާދިސާގައި، ދަތުރުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ގެއްލިގެން ހޯދަމުން ދަނިިކޮށް، އެކަކު ނިޔާވެފައި އޮއްވާ ވަނީ ފެނިފައެވެ.
ނިޔާވި މީހާގެ އިތުރުން ދެން ގެއްލިފައިވަނީ ބިދޭސީ މީހެކެވެ. އޭނާ ހޯދުމުގެ މަސައްކަތް ދޯނި ބަންޑުން ޖަހާލި ސަރަހައްދުގައި ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.


