logo
MPL

MPL

ޚަބަރު

ތަމްރީނަކަށް އައި އިންޑިއާގެ އަސްކަރީ މަނަވަރެއް ރާއްޖޭގެ ފަރަކަށް އަރައިފި

ޒިދާން މުޙައްމަދު
16 ޖެނުއަރީ 2026 - 10:37
ތަމްރީނަކަށް އައި އިންޑިއާގެ އަސްކަރީ މަނަވަރެއް ރާއްޖޭގެ ފަރަކަށް އަރައިފި

ދިވެހިރާއްޖެއާއި އިންޑިއާ ދެމެދު ކުރިއަށްގެންދާ އެކްސަސައިޒް ދޯސްތީ އަސްކަރީ ތަމްރީނުގައި ބައިވެރިވާން މިއަދު ރާއްޖެ އައި އިންޑިއާގެ އަސްކަރީ މަނަވަރެއް ފަރަކަށް އަރައިފިއެވެ. 

ފަރަށް އަރާފައި ވަނީ އިންޑިއާގެ މަނަވަރު އައިސީޖީއެސް ވަޖްރާއެވެ. އެ މަނަވަރު އަރާފައި ވަނީ ކ. ހިންމަފުށީ ކައިރި އޮންނަ ފަރަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ފަރުގައި ވިލާ ނޯޓިކާ މޯލްޑިވްސް އަދި ގިލި ލަންކަންފުށި ވެސް އޮވެއެވެ. 

ވިލާ ނޯޓިކާ ރިސޯޓްގެ ވޯޓާ ވިލާތަކާ ކައިރިން މަނަވަރު ފަރަށް އެރިއިރު، ގައުމީ ދިފާއީ ބާރު - އެމްއެންޑީއެފްއިން ބުނީ މިހާރު އެ އުޅަނދު ފުންކުރެވިފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ފަރަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނުލިބެއެވެ. 

މިފަދަ ހާލަތްތަކުގައި ފަރަށް ލިބޭ ގެއްލުންތަކަށް ބަލައި އުޅަނދުގެ ވެރި ފަރާތް ޖޫރިމަނާކުރެއެވެ.

'ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދު'ގެ ދަށުން ޖޫރިމަނާ ކުރުމުގައި ބަލާ ކަންކަމަކީ:

  • ގަވައިދާ ހިލާފަށް ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ކަންތައް ކުރުމުން އެބަޔަކަށް ލިބުނު މާލީ ފައިދާ
  • ގެއްލުންވި ސަރަހައްދުގެ ކުޑަބޮޑުމިން
  • ގެއްލުން ލިބުނު ސަރަހައްދުގެ ބާވަތް (ދިރޭ މުރަކަ މަދު ސަރަހައްދަކާ އަޅާބަލާއިރު ދިރޭ މުރަކަ ގިނަ ސަރަހައްދެއް ޖޫރިމަނާކުރާ މިންވަރު ބޮޑު)
  • ގަވައިދާ ހިލާފަށް އަމަލުކޮށްފައިވާ މުއްދަތު
  • ގަވައިދާ ހިލާފުވި ފަރާތުން ޖޫރިމަނާ ކުރުމުގެ މަރުހަލާގައި އެއްބާރުލުން ދިން މިންވަރު
Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނޮވެމްބަރު 3 ގެ ހިތްވަރުގަދަ 5 ބަޠަލެއްގެ ޚިދުމަތުގެ އަގުވަޒަންކޮށް އައްޑަނަ އަރުވައިފިޚަބަރު | 7 ދުވަސް ކުރިންމަރުހޫމް މަހުދީއަށް އިޓަލީގެ އެންމެ މަތީ ޝަރަފްޚަބަރު | 12 ދުވަސް ކުރިންފުނަދޫ އަލިފާން: ހަތަރު ގެއަކާއި ގަރާޖުތަކެއްގައިވެސް ރޯވެއްޖެޚަބަރު | 16 ދުވަސް ކުރިންބޯކޮށް ވާރޭވެހި، ފެންބޮޑުވެފައިވާ ބައެއް ރަށްތަކަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިޚަބަރު | 18 ދުވަސް ކުރިން