logoEN
ޚަބަރު

ރާއްޖެއިން ޙައްޖަށް ދިއުމުގެ ފުރުޞަތު ލިބިފައިވާ މީހުންނަށް ޙައްޖުގެ ދައުވަތު ފޮނުވަން ފަށައިފި

ދިވެހި ހައްޖުވެރިން

ދިވެހި ހައްޖުވެރިން

ސުދާ ލަތީފްސުދާ ލަތީފް

11 ޖެނުއަރީ 2025 - 05:14

މިއަހަރު ރާއްޖެއިން ހައްޖަށް ދިއުމުގެ ފުރުސަތު ލިބިފައިވާ މީހުންނަށް ޙައްޖުގެ ދައުވަތު ފޮނުވަންފަށައިފި ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްވަމުން ޝަކީލް ވިދާޅުވީ ހައްޖަށް ދިއުުގެ ފުރުސަތު ލިބިފައިވާ މީހުންނަށް ދަޢުވަތު ފޮނުވަމުން ދަނީ ޙައްޖު ކިއު ތަރުތީބުން ކަމަށެވެ.

ޝަކީލް ވިދާޅުވީ މިއަހަރު ހައްޖަށް ދިޔުމުގެ ފުރުޞަތު ލިބިފައިވާ މީހުންނަށް އެކަމުގެ ދަޢުވަތު ފޮނުވަން ފަށާފައިވާކަމަށެވެ. އަދި އޭގެތެރެއިން ބައެއް މީހުންނަށް އެކި ސަބަބުތަކާ ހުރެ މިއަހަރު ނުދެވޭނެކަމަށް އަންގާފައިވާކަމަށާއި އެ ޖާގަތަކަށްވެސް ކިއު ތަރިތީބުން މީހުންނަށް ފުރުޞަތު ދެމުންދާކަމަށް ޝަކީލް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޝަކީލް ވިދާޅުވީ މިދިޔަ އަހަރުގެ ޙައްޖުގެ ދަތުރުތަކުގެ ކަންކަމަށް ބެލުމަށްފަހު ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. މީގެ އިތުރުން ކަންކަން ރަނގަޅު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިކަން ބަލާ ޚިދުމަތްތަކަށް ބުރޫ ނާރާނެގޮތަށް ގެނެވޭނެ ބަދަލުތަކަކީ ކޮބައިތޯ ބަލާނެކަމަށްވެސް ޝަކީލް ވިދާޅުވިއެވެ.ޙައްޖަށް މީހުން ގެންދިޔުމަށް އިދާރީ ގޮތުން ވާން ޖެހޭ ތައްޔާރީތައް މިހާރު ވާން ފަށާފައިވާކަމަށްވެސް ޝަކީލް ވަނީ ވިދާޅުވެފަ އެވެ.ޙައްޖު ކޯޕަރޭޝަނާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ގުޅިގެން މި މަސައްކަތް ކުރަމުން އަންނަކަމަށް ޝަކީލް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 50 ފަޤީރުން ހައްޖަށް ފޮނުވުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ. މިގެ އިތުރުން ޙައްޖުގެ އަޅުކަން އަދާނުކޮށް ތިބި މީހުންނަށް އިސްކަންދޭގޮތަށް ރާއްޖޭން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލަށް ބަދަލުގެންނެވުމަށް ރައީސް ވަނިީ ނިންމަވާފައެވެ. މިއީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ފައިސާ ދެއްކުމަށްފަހު، ފަރުޟު ޙައްޖު އަދާކުރުމަށް ދިގު އިންތިޒާރެއްގައި ތިބި ރައްޔިތުންނަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ނިންމެވި ނިންމެވުމެކެވެ. މި އިސްލާހުތަކާއެއްގޮތަށް އަމަލުކުރާނީ އަންނަ އަހަރުން ފެށިގެން ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder