ދަ ޑިމޮކްރެޓްސްގެ ބައެއް އިސް ބޭފުޅުން އަލުން އެމްޑީޕީ އަށް ސޮއިކޮށްފި


11 ޖެނުއަރީ 2025 - 07:36
ދަ ޑިމޮކްރެޓްސްގެ ބައެއް އިސް ބޭފުޅުން ރޭ އެމްޑީޕީއަށް އަލުން ސޮއި ކުރައްވައިފި އެވެ.
އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ސަބަބުން އެ ޕާޓީ ދޫކުރައްވައި ޕާޓީގެ ބައެއް އިސް ބޭފުޅުން ވަނީ ދަ ޑިމޮކްރެޓްސް ނަމުގައި އައު ސިޔާސީ ޕާޓީ އެއް އުފައްދަވާފަ އެވެ.
މިދިޔަ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް ޕާޓީގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާއި ގުޅިގެން އެމްޑީޕީގެ ކުރީގެ ރައީސް ރައީސް މުހައްމަދު ނަޝީދު އަށް ތާއިދު ކުރައްވާ ބޭފުޅުން ވަނީ ވަކި ފެކްޝަނެއް އުފައްދަވާފަ އެވެ. ރައީސް މުހައްމަދު ނަޝީދު އަށް ތާއިދު ކުރައްވާ ބޭފުޅުން ވަނީ އެމްޑީޕީ އިނ ްވަކިވެ ދަ ޑިމޮކްރެޓްސް އުފައްދަވާފަ އެވެ. ދުވަސްކޮޅެއް ފަހުން ރައީށް ނަޝީދުވެސް އެމްޑީޕީ ދޫކުރައްވާ ޑިމޮކްރެޓްސްއާއި ގުޅިވަޑައިގަތެވެ.
އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ޕާޓީ ދޫކޮށް އަދި އޭރު ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން އިސްތިއުފާ ދެއްވުމަށް ފަހު، ދަ ޑިމޮކްރެޓްސް އާއި ގުޅުނެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސް އިން މަސައްކަތް ކުރީ އެމްޑީޕީއާއި ދެކޮޅަށެވެ. ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ގެއްލިގެން ދިޔަ މައިގަނޑު އެއް ސަބަބަކީ އެއީ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
2023 ވަނަ ރިޔާސީ އިންތިހާބުގައިވެސް ދަ ޑިމޮކްރެޓްސްގެ ފަރާތުން ވަނީ ބައިވެރިވެފަ އެވެ.
ދަ ޑިމޮކްރެޓްސްގެ ބައެއް އިސް ބޭފުޅުން އެމްޑީޕީ އާއި އަލުން ގުޅުނީ އެކަމުގެ އަޑުތަކެއްވެސް ފެތުރިފައި ވަނިކޮށެވެ. މީގެ އިތުރުން ރައީސް މުހައްމަދު ނަޝީދުވެސް ވަރަށް އަވަހަށް އެމްޑީޕީއާއި އަލުން ގުޅޭނެ ކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފަ އެވެ.
އެމްޑީޕީއާއި އަލުން ގުޅުނު ބޭފުޅުންގެ ތެރޭގައި ދަ ޑިމޮކްރެޓްސްގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އާއި އެ ޕާޓީގެ ކައުންސިލް މެންބަރު، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމް އާއި ، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު ހިމެނިވަޑައިގަންނަވަ އެވެ.
އިތުރު ލިޔުންތައް

އެމްޑީޕީގެ އަސާސީ ޤަވާއިދަށް ބަދަލު ގެނައުމަށް މަސައްކަތް ފަށަނީ
7 މަސް ކުރިން
ރާއްޖޭގެ މާލީ ހާލަތު ގޯސްވަނީ ސަރުކާރުގެ ސިޔާސަތާއި ހެދި: އަމީރު
7 މަސް ކުރިން
އެމްޑީޕީ އިހު އޮތްގޮތަށް އިޔާދަކުރުމަށް ބޭނުންވަނީ ކުރީގެ މެމްބަރުން : ރީކޯ މޫސާ
6 މަސް ކުރިން