logo
E-Platinum
ޚަބަރު

މާލޭގެ ގެއަކުން މީހުން ހުސްކުރަނީ

އަޙްމަދު ޒަލީފް
11 ޖެނުއަރީ 2025 - 14:09
މާލޭގެ ގެއަކުން މީހުން ހުސްކުރަނީ

މާލޭގެ ގެއަކުން މީހުން ހުސްކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފިއެވެ.

މިކަމާ ގުޅޭގޮތުން ސިޓީ ކައުންސިލުން ހާމަކޮށްފައިވަނީ މި ގެއިން މީހުން ހުސްކުރަނީ މި ގޭގައި ވަރަށް ބޮޑަށް ރެނދު އެޅުމުގެ ސަބަބުންނެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ މ. ކެރިންލައިޓް އިމާރާތް ކުރަމުން ދިޔައިރު ޝީޓް ޕައިލްނުކޮށް ހުރުމުގެ ސަބަބުން ޖެހިގެން ހުރިގެ މ. ލަކީ ހެވަންގެ ރެނދު އަޅައި އަޑިއަށްދާތީ އެ ގެއިން މީހުން ހުސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

4 ކޮޓަރި ހިމެނޭ މި ގޭގައި 4 އާއިލާ އާއި 18 އަހަރުން ދަށުގެ 3 ކުދިންނާ 6 މީހުން ދިރިއުޅެއެވެ. އަދި މި ގޭގައި ދެ ބައެއްގައި ބޭރު މީހުންތަކެއް ކުއްޔަށް އުޅޭ ކަމަށްވެސް ސިޓީ ކައުންސިލުން ވަނީ މަޢުލޫމާތު ދީފައެވެ.

 

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލެ ސަހަރާގައި އަލުން މީހުން ވަޅުލަން ފަށައިފި ޚަބަރު | 6 މަސް ކުރިންތަޤުވާ މިސްކިތް މަރާމާތު ކުރުމަށް ސިޓީ ކައުންސިލުން ނިންމައިފި ޚަބަރު | 6 މަސް ކުރިންމާލޭގެ ގެއަކުން މީހުން ހުސްކުރަނީ ޚަބަރު | 6 މަސް ކުރިން