logo
Bank of Maldives

Bank of Maldives

ޚަބަރު

ހައްޖު ކިޔުގައި 9115 މީހުން، 65 އަހަރުން މަތީގެ 1473 މީހުން

އަޙްމަދު ޒަލީފް
11 ޖެނުއަރީ 2025 - 15:12
ހައްޖު ކިޔުގައި 9115 މީހުން، 65 އަހަރުން މަތީގެ 1473 މީހުން

ހައްޖުގެ އަޅުކަން އަދާކުރުމަށް އެދި ހައްޖު ކިޔުގައި މިވަގުތު 9115 މީހުން އެބަތިބި ކަމަށާއި  އޭގެ ތެރޭގައި އުމުރުން 65 އަހަރުން މަތީގެ 1473 މީހުން ހިމެނޭކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.

ދިވެހިރާއްޖެ އަށް ލިބެނީ އާންމުކޮށް 1000 އާއި 700 އާ ދެމެދުގެ އަދަދެކެވެ. މީގެ ތެރެއިން 50 ކޯޓާ ޚާއްސަ ކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ، ދަޢުލަތުގެ ބެލުމުގެ ދަށުން ހިލޭ ފަރުޟު ޙައްޖަށް ފޮނުވާ 1000 ފަޤީރުންގެ ތެރެއިން 50 ފަގީރުންނަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެން އަހަރުކަތަކާ ޚިލާފަށް ގިނަ ބަޔަކަށް ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ދާދިފަހުން ހާމަކޮށްފައެވެ.

ފައިސާ ދައްކައި ކިޔުގައި ތިބި ބައެއް ފަރާތްތައް ޙައްޖަށް ދިޔުމުގެ ފުރުސަތު ނުލިބި ދުނިޔެ ދޫކޮށްވެސް އެބަދެއެވެ. މި މައްސަލައަށް އަވަސް ހައްލެއް ގެނައުމުގެ ގޮތުން އެއްފަހަރު ޙައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހުންނަށް އިތުރު ފުރުސަތު ދޭނީ އަލަށް ޙައްޖަށް ދާ މީހުންނަށް އެ ފުރުސަތު ދިނުމަށްފަހު ކަމަށް ސަރުޚާރުން މިހާރު ވަނީ ހާމަކޮށްފައެވެ.

ސަރުކާރުން މިދިޔަ އަހަރުން ފަށައިގެން ނިންމާފައިވަނީ ހައްޖަށް ގެންދަން ރާއްޖެއަށް ލިބޭ ކޯޓާ ހަމައެކަނި ހައްޖު ކޯޕަރޭޝަނަށް ދޭ ގޮތަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހައްޖުވެރިންގެ ފުރަތަމަ ގުރޫޕުގައި ހިމެނޭ 241 ހައްޖާޖީން މާލެ އަތުވެއްޖެޚަބަރު | 7 ދުވަސް ކުރިންދިވެހި ހާޖީން ޢަރަފާތް ބިމަށް ވަދެއްޖެޚަބަރު | 17 ދުވަސް ކުރިންމިރޭ ފަތިސްވާން ވާއިރަށް ހުރިހާ ހައްޖުވެރިންނަށް އަރަފާތު ބިމަށް ދެވޭނެ: ހައްޖު ކޯޕަރޭޝަންޚަބަރު | 18 ދުވަސް ކުރިންރާއްޖެއިން ހައްޖަށްދާ މީހުންގެ އިސްވެރިޔާގެ ގޮތުގައި މިނިސްޓަރ ސައީދުޚަބަރު | 24 ދުވަސް ކުރިން