ހިޖްރަ ގުރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުން ރާއްޖެ ގެނެސްފި
.webp&w=3840&q=75)
އުމްރާއަށް ދިޔަ ބަޔަކާއެކު ހައްޖު ކޯޕަރޭޝަނުގެ އެމްޑީ ޝަކީލް

12 ޖެނުއަރީ 2025 - 06:06
އަލްހިޖްރަ ޓްރެވަލްސް އެންޑް ޓުއާސް ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުން މިއަދު ހެނދުނު މާލެ ގެނެސްފިއެވެ.
މައްސަލަ ދިމާވީ ޢުމްރާއަށް ދިޔަ މީހުން މާލެ އައުމަށް ޓިކެޓް ނަގަން ހުރި ފައިސާ އެ ކުންފުނިން އެހެންކަންކަމަށް ޚަރަދުކުރުމުންކަމަށް ވަނީ އެނގިފައެވެ. މިކަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސަމާލުކަމަށް އައުމާ ގުޅިގެން ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް އެ ކޯޕަރޭޝަނުން ހިފާފައިވާ ހޮޓަލަކަށް އުމްރާވެރިންވެސް ބަދަލުކޮށް ކެއުމުގެ އިންތިޒާމުތައް ވެސް ހަމަޖައްސާދީފައިވެއެވެ.
އުމްރާވެރިން ޖިއްދާ އެއާޕޯޓުން ފުރީ ހުކުރު ދުވަހުގެ އިރު އޮއްސި 7:30 ގައި ކަމަށާއި ދޯހާގައި 3 ގަޑިއިރުގެ ޓްރާންސިޓަކަށްފަހު މިއަދު އެނބުރި ރާއްޖެއައިސްފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.
އަލްހިޖްރަ ޓްރެވަލްސް އެންޑް ޓުއާސް ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުން ހާލުގައިޖެއްސި މައްސަލައާ ގުޅިގެން އެ ގުރޫޕު ޖޫރިމަނާކޮށް ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.
އެގޮތުން އެޅުމަށް ނިންމި ފިޔަވަޅުތަކަކީ:
1- ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް މިނިސްޓްރީން، އަލްހިޖްރަ ޓްރެވަލް އެންޑް ޓްއާރސް ޕްރައިވެޓް ލިމިޓެޑްއަށް ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓުން
2- އެއްލައްކަ (-/100،000) ދިވެހި ރުފިޔާއިން އަލްހިޖްރަ ޓްރެވަލް އެންޑް ޓްއާރސް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކުރުން
3- އަލްހިޖްރަ ޓްރެވަލް އެންޑް ޓްއާރސް ޕްރައިވެޓް ލިމިޓެޑަށް އަދި އެ ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަނުދިނުން
4- އަލްހިޖްރަ ޓްރެވަލް އެންޑް ޓްއާރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޢުމްރާއަށް ގެންގޮސް ޙާލުގައި ޖެހުނު މީހުން ރާއްޖެ ގެނައުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ކުރި ޚަރަދު އެ ކުންފިން ހޯދުން
5- އަލްހިޖްރަ ޓްރެވަލް އެންޑް ޓްއާރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން "ޢުމްރާއަށް ގެންދިޔުމުގައި ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމާބެހޭ އުސޫލު"އާ ޚިލާފުވެފައިވާތީ މި މައްސަލަ ތަޙްޤީޤުކޮށް ޤާނޫނީ ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށައެޅުން.
މީގެ އިތުރުން އުމްރާއަށް މީހުން ގެންދިއުމާ ބެހޭގޮތުން އެކުލަވާލާފައިވާ އުސޫލާ ހިލާފަށް އަމަލުކޮށްފައިވާ ބައެއް އެހެން ކުންފުނިތަކަށް މި ހަފްތާގައި ފިޔަވަޅު އަޅާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފައެވެ.
ވަޒީރު ވިދާޅުވީ ދިވެހިރާއްޖެއިން މީހުން ޢުމްރާއަށް ގެންދިއުމާ ބެހޭގޮތުން 9 އޮކްޓޫބަރު 2024 ގައި ގެޒެޓްކޮށްފައިވާ އުޞޫލާ އެއްގޮތައް ޢަމަލުކޮށްފައިނުވާ ބައެއް އެހެން ކުންފުނިތައް ވެސް ފާހަގަވެފައިވާތީވެ، އަމަލު ނުކޮށް ދޫކޮށްލި ކަމުގެ ކުޑަބޮޑު މިނަށް ބަލައި އަންނަ ހަފްތާގައި އުޞޫލުގައި ބުނާގޮތުގެ މަތިން ފިޔަވަޅު އަޅާނެކަމަށެވެ.
މިފަހަރު މީހުން އުމްރާއަށް ގެންދިޔައީ 33 ކުންފުނިންނެވެ.
އިތުރު ލިޔުންތައް

ހައްޖު ކޯޕަރޭޝަނުން ތަރައްގީކުރާ ރެސިޑެންސްގެ ޑިޒައިންގެ މަސައްކަތް އެފްޑީސީއާ ހަވާލުކޮށްފި
6 މަސް ކުރިން
ގައުމުގެ އިގްތިސާދީ ހާލަތަށް ބަލައި މަސްފެންގަނޑު ނުހަދަން ނިންމައިފި
5 މަސް ކުރިން
ޙައްޖު ކޯޕަރޭޝަން މީގެ ކުރިން ހިންގީ އަހަރަކު 40 މިލިއަން ރުފިޔާގެ ގެއްލުމުގައި - އެމްޑީ ޝަކީލް
5 މަސް ކުރިން