logoEN
ކުޅިވަރު

ގުންޑޮގަން އަށް މިހާތަނަށް ދިމާވި އެންމެ އާދަޔާ ޚިޔާފު ކަމަކީ މެޗުގެ މެދުތެރެއިން ޔަމާލް ބޮޑުކަމުދިޔުން

ގުންޑޮގަން ވަނީ އޭނާގެ ކެރިއަރުގައި ދިމާވި އެންމެ އާދަޔާ ޚިޔާފުކަންތައް ސަޕޯޓަރުންނަށް ހިއްސާކޮށްފައި

ގުންޑޮގަން ވަނީ އޭނާގެ ކެރިއަރުގައި ދިމާވި އެންމެ އާދަޔާ ޚިޔާފުކަންތައް ސަޕޯޓަރުންނަށް ހިއްސާކޮށްފައި

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

12 ޖެނުއަރީ 2025 - 06:53

މިދިޔަ ސީޒަނުގައި ބާސެލޯނާއަށް ކުޅުނު މިޑްފީލްޑަރ ގުންޑޮގަން ގެ ކެރިއަރުގައި މިހާތަނަށް ދިމާވި އެންމެ ތަފާތު ހައިރާން ކުރުވަނިވި ކަމަކީ މެޗެއްގެ މެދުތެރެއިން ލަމީން ޔަމާލް ބޮޑުކަމު ދިޔުމަށް ދަނޑުން ފައިބައިގެން ދިޔުން ކަމުގައި ގުންޑޮގަން ބުނެފިއެވެ.

ގުންޑުގަން ބުނެފައިވާގޮތުގައި މިކަމެއް ހިނގާފައިވަނީ މިދިޔަ އަހަރުގައި ޗެންޕިއަންސް ލީގުގައި ގްރޫޕް ސްޓޭޖުގައި ޕޯޓޯއާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. އެގޮތުން މެޗުގެ 60 ވަނަ މިނެޓުގައި ޓީމުގެ ކުޅުން މާބޮޑަށް ދަށްވުމުން، ވީގޮތް އޮޅުންފިލުވިއިރު ދަނޑުގައި ބާސެލޯނާގެ އެއްކުޅުންތެރިޔަކު ދަނޑުމަތީގައި ނެތްކަން އެނގިފައިވާކަމަށް ޓީމު ކުޅުންތެރިންގެ ފަރާތުން އެނގިފައިވާ ކަމަށް ބުނެފައިވެއެވެ. އެއީ ލަމީން ޔަމާލް މެޗުގެ އެހާ ހިސާބުގައި ބޮޑުކަމު ދިޔުމަށް ދަނޑުން ފައިބައިގެން ދިޔުމުން ކަމުގައި އޭނާ އިތުރަށް ބުނެފައިވެއެވެ.

މިމެޗު ބާސެލޯނާއިން ވަނީ 1-0 އިން ކާމިޔާބުކޮށްފައެވެ. ސިޓީގެ ކުޅުންތެރިޔާ އެއްއަހަރު ދުވަހު ބާސެލޯނާއަށް ކުޅުމަށްފަހު މިދިޔަ ޓްރާންސްފަރ މާކެޓްގައި އަނބުރާ ސިޓީއަށް ވަނީ ގޮސްފައެވެ.

ކޮމެންޓް

871x217_placeholder