logo
Bank of Maldives

Bank of Maldives

ކުޅިވަރު

ފަލަމަސްގަނޑަށް އަނިޔާވެ، ލަމީން އަށް ސެވިއްޔާ މެޗު ގެއްލިދާނެ

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
14 އޮކްޓޯބަރު 2024 - 12:27
ފަލަމަސްގަނޑަށް އަނިޔާވެ، ލަމީން އަށް ސެވިއްޔާ މެޗު ގެއްލިދާނެ

ސްޕެއިންގެ ބާސެލޯނާއަށް ކުޅޭ ޒުވާން ހުނަރުވެރި ކުޅުންތެރިޔާ، ލަމީން ޔަމާލްގެ ފަލަ މަސްގަނޑަށް އަނިޔާވެ ކުޅުމާ ދުރުގައި ހުންނަން ޖެހުމުގެ ބިރު ބޮޑުވެއްޖެއެވެ.

ލަމީންއަށް އަނިޔާވެފައިވަނީ އޭނާގެ ގައުމު، ސްޕެއިން އިން ނޭޝަންސް ލީގުގައި އެންމެ ފަހުން ޑެންމާކާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އެ މެޗު ނިމުނު ފަހުން ކޮރު ޖަހަމުން ލަމީން ދަނޑުން ނުކުމެގެންދާ ވީޑީޔޯތައް ސޯޝަލް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ މެޗަށް ފަހު ލަމީންގެ އަނިޔާގެ އަޑުތައް ގަދަވެފައިވަނިކޮށް، މިއަދު ބާސެލޯނާއަށް އެނބުރި އައިސް ހެދި މެޑިކަޕް ރިޕޯޓުތަކުން ދައްކާ ގޮތުން، އޭނާގެ ވައިތު ފައިގެ ފަލަ މަސްގަނޑަށް ވަނީ އަނިޔާވެފައެވެ. އަދި އެ އަނިޔާގެ ސަބަބުން ކުރިއަށް އޮތް މެޗުގައި ލަމީން ކުޅުވަން ކޯޗު، ހެންސީ ފްލިކް ނުވިސްނާކަމުގައި ބޭރުގެ ރިޕޯޓުތަކުން ބުނެއެވެ.

ބާސެލޯނާގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާއަށް އަނިޔާވެފައިވާއިރު، ބާސެލޯނާއަށް ކުރިއަށް އޮތީ ވާދަވެރި މެޗުތަކެކެވެ. އެގޮތުން މި މަހުގެ 21 ވަނަ ދުވަހު ބާސެލޯނާއިން އެ ޓީމުގެ އަމިއްލަ ދަނޑުގައި ނުކުންނާނީ ސެވިއްޔާއާ ދެކޮޅަށެވެ. އަދި އޭގެ ތިން ދުވަސް ފަހު ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ ގަދަބާރު ބަޔާން މިޔުނިކާ ދެކޮޅަށް ބާސެލޯނާއިން ނުކުންނާނެއެވެ. އޭގެ ތިން ދުވަސް ފަހުން، މި މަހުގެ 27 ވަނަ ދުވަހު ބާސެލޯނާއިން ވާދަކުރަން ޖެހޭނީ އެންމެ ވާދަވެރި ރެއަލް މެޑްރިޑްއާއެވެ.

އެހެންކަމުން އެ މެޗުތަކުގައި ލަމީންއަށް ނުކުޅެވުމަކީ ކޯޗު ހަންސީ ފްލިކަށް ލިބޭނެ ބޮޑު ޕްރެޝަރަކަށް ވުން ގާތެވެ. އެއީ މިހާރު ވެސް ބާސެލޯނާގެ ޓީމުގެ އިންޖަރީ ވެފައި ތިބި ކުޅުންތެރިންގެ އަދަދު ގިނަ ވުމާއެކު ވެސް މެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައި.އެފް.އެފް.އެޗް.އެސް އިން ހޮވި 2025 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ މޮޅު ޓީމު އިއުލާންކޮށްފިކުޅިވަރު | 12 ދުވަސް ކުރިންއެންމެ މޮޅުކުޅުންތެރިޔާގެ އެވޯޑް ޑެމްބެލޭ ކާމިޔާބުކުރިއިރު، އެންމެ މޮޅު ފޯވާޑްގެ އެވޯޑް ޔަމާލް އަށްކުޅިވަރު | 12 ދުވަސް ކުރިންވޯލްޑްކަޕް މިފަހަރު ކާމިޔާބުކުރާނީ ސްޕެއިން - ޔަމާލްކުޅިވަރު | މަހެއް ކުރިންޔަމާލް އާއި ދެކޮޅަށް ނަސްލީތަފާތުކުރުމުގެ ބޮޑެތި ކެމްޕޭނުތަކެއް ކުރިޔަށްދަނީކުޅިވަރު | 2 މަސް ކުރިން