logoEN
ކުޅިވަރު

އަހަރެން އެނބުރި އަންނާނީ ގަދަކޮށް – ލަމީން ޔަމާލް

ލަމީން ޔަމާލް އެވޯޑްތައް ދައްކާލަނީ. ފޮޓޯ: ބާސެލޯނާ

ލަމީން ޔަމާލް އެވޯޑްތައް ދައްކާލަނީ. ފޮޓޯ: ބާސެލޯނާ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

28 ޑިސެމްބަރު 2024 - 11:18

އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރި ލަމީން ޔާމާލް ކުޅުމުގެ ތެރެއަށް އެނބުރި އަންނާނީ ގަދަކޮށް ކަމުގައި ޔަމާލް ބުނެފިއެވެ.

ލީގުގައި އެންމެފަހުން ބާސެލޯނާ އާއި ލެގަނޭސް ބައްދަލުކުރި މެޗުގައި ލިބުނު އަނިޔާއާއި ގުޅިގެން ހެދި ޓެސްޓްތަކުން ދައްކާގޮތުގައި ޔަމާލްގެ ކުޑަހުޅުގެ ލިގަމެންޓް އަށް ވަނީ އަނިޔާވެފައެވެ. އެހެންކަމުން ޔަމާލް ކުޅުމާއި ދުރުގައި މަހެއްހާދުވަހު ހޭދަކުރަންޖެހޭނެކަމަށް ރިޕޯރޓްތައް ބުނެއެވެ.

ޔަމާލްގެ ފަރާތުން މި ސީޒަނުގައި ދަނީ ތަފާތު މޮޅުކުޅުމެއް ދައްކަމުންނެވެ. އެގޮތުނު މިސީޒަނުގައި ބާސެލޯނާއަށް 21 މެޗުކުޅެދީ 6 ގޯލާއެކު 12 އެސިސްޓު ހަދާދީފައިވެއެވެ.

މިއާއެކު ޔަމާލް ވަނީ މިދިޔަ އަހަރުގެ ގޯލްޑަން ބޯއީ އެވޯޑާއި ކޮޕާ ޓްރޮފީއާއި އައި.އެފް.އެފް.އެޗް.އެސް އިން ހޮވާ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ކަމާއި ޓުއްޓޯސްޕޯރޓްސް ގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަޤާމުގެ އިތުރުން ފީފާގެ އެންމެ މޮޅު 11 ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ.

17 އަހަރުގެ މި ކުޅުންތެރިޔާއަކީ މިވަޤުތުގައި ދުނިޔޭގަހުރި 3 ވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިޔާއެވެ.

ކޮމެންޓް

871x217_placeholder