logoEN
ޚަބަރު

ފެންބޮޑުވުމުން އެންމެ ބޮޑަށް ގެއްލުންވާ ގެތައް ބަލައި ވެލިބަސްތާ ޖަހަން ފަށައިފި

ގެތަކުގައި ވެލި ބަސްތާ ޖެހުން

ގެތަކުގައި ވެލި ބަސްތާ ޖެހުން

އާމިނަތު ސަފާއާމިނަތު ސަފާ

13 ޖެނުއަރީ 2025 - 04:33

މާލޭގައި ފެންބޮޑުވުމުން އެންމެ ބޮޑަށް ގެއްލުންވާ ގެތައް ބަލައި، އެތަންތަނުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްއޭ) އިން ބުނީ މޫސުމާ ބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މިއަދުން ފެށިގެން ބޯކޮށް ވާރޭ ވެހި ފެންބޮޑުވެދާނެކަމަށް ލަފާކޮށްފައިވާތީވެ، ރެއިން ފެށިގެން މާލޭގައި އާންމުކޮށް ފެންވަދެ ގެއްލުވާކަމަށް ފާހަގަ ކުރެވޭ 56 އަށް ވުރެ ގިނަ ގެގޭގައި މާލޭ ސިޓީ ކައުންސިލުން ވެލި ބަސްތާ ޖަހާފައިވާކަމަށެވެ.

އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު އަދި ބޭ އޮފް ބެންގަލް ސަރަޙައްދުގައި އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން މި ހަފްތާ އެއްކޮށް ރާއްޖެއަށް ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިންވަނީ ލަފާކޮށްފައެވެ.

މިކަމާ ގުޅިގެން ވިއްސާރާގައި ގޯތިގެދޮރާއި މުދަލަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެންޑީއެމްއޭ އިންވެސް ވަނީ އިލްތިމާކޮށްފައެވެ.

- ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ސަމާލުވެ، ގެއަށް ފެން ނުވަންނާނެހެން ކުރިޔާލައި ގޭގެ ދޮރުމަތީގައި ވެލިބަސްތާ ޖެހުން

- ފެންބޮޑުވާ ސަރަހައްދުތަކުގައި ސައިކަލު ފަދަ ތަކެތި ޕާކު ނުކުރުން

- ފިހާރަ، ރެސްޓޯރަންޓު އަދި ގުދަން ފަދަ އަގުބޮޑެތި މުދާ ރައްކާކޮށްފައިވާ ތަންތަނަށާއި މުދަލަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ދުރާލައި ފިޔަވަޅުތައް އެޅުން

- ފެންބޮޑުވެ ގެއްލުން ލިބޭ ހިސާބުގައި ހުންނަ ކާޑުގެ ބާވަތްތަކާއި ހިފައި ގެންގުޅޭ ތަކެތި ފެން ނުޖެހޭ އުސް ތަންތަނަށް ނުވަތަ ފެނުގެ އަސަރު ނުކުރާ ތަނަަކަށް ބަދަލުކުރުން

- ވައި ގަދަވާނެ ކަމަށް ސަމާލުވެ ފިޔަވަޅުތައް އެޅުން. ޚާއްސަކޮށް ވައި ގަދަވެ، އެއްލައިލާނެ ފަދަ ތަކެތި ރައްކާތެރިކުރުން

- ކަރަންޓު ސާމާނު ބޭނުންނުކުރާ ނަމަ ނިއްވާލާފައި ބެހެއްޓުން

- ކާޑުގެ ބާވަތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތިނުވާހެން އިންތިޒާމުތައް ދުރާލައި ހަމަޖެއްސުން

-ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެ މޫސުމީ އެންމެ ފަހުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށްފަހު ދަތުރަށް ތައްޔާރުވުން.

-މާލޭގައި ފެންބޮޑުވާ ހާލަތްތަކުގައި ބަރު އުޅަނދު ނުދުއްވުން.

ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖޭގެ ހުޅަނގަށް ޖެހި މިރޭގެ ވަގުތުތަކުގައި ރާއްޖޭގެ ބޮޑު ސަރަހައްދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށްމޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.

ކޮމެންޓް

871x217_placeholder