އަންހެނުންނަށް ޚާއްސަކޮށް ޤުރުއާން މުބާރާތެއް ބާއްވައިފި
13 ޖެނުއަރީ 2025 - 05:14
މާލެ ސިޓީ ކައުންސިލްގެ އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ (ޑަބްލިޔުޑީސީގެ ) އިސްނެންގުމެވުމާއި އެކު ގްރޭޓަރ މާލެ ސަރަހައްދުގައި ދިރިއުޅުއްވާ އަންހެން ކަނބަލުންނަށް ހާއްސަކުރެވިގެން ބޭއްވުނު ގުރުއާން މުބާރާތް ނިންމާލައިފިއެވެ.
މި މުބާރާތަކީ މާލެ ސިޓީ ކައުންސިލްގެ އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ (ޑަބްލިޔުޑީސީގެ ) އިސްނެންގުމެވުމާއި އެކު، މާލެ ސިޓީ ކައުންސިލް، އަދި ކީރިތި ޤުރުއާންއާއި ބެހޭ މަރުކަޒު ގުޅިގެން ގްރޭޓަރ މާލެ ސަރަހައްދުގައި ދިރިއުޅުއްވާ އަންހެން ކަނބަލުންނަށް ހާއްސަކުރެވިގެން ބޭއްވުނު މުބާރާތެކެވެ.
މާލެ ސިޓީ ކައުންސިލްގެ އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީން ބުނީ މި މުބާރާތިގެ މަޤްސަދަކީ އަންހެން ކަނބަލުންގެ ހިތުގައި ކީރިތި ޤުރުއާންއަށް ކިޔެވުމުގެ ފަންނު ކުރިއަރުވައި، އެކަމަށް ހިތްވަރުދީ، އެކަކު އަނެކަކު ކައިރިން ހިތްވަރު ލިބި ޤުރުއާން އުނގަންނައިދިނުންކަމަށެވެ.
މި މުބާރާތުގައި ބައިވެރީން 3 ރައުންޑެއްގައި ވަނީ ކިޔަވާފައެވެ. އޯޑިޝަން ރައުންޑުން ހޮވުނު ކުދިންނަށް ކީރިތި ޤުރުއާންއާއި ބެހޭ މަރުކަޒުން ވަނީ ތަމްރީންކުރުމުވެ ގޮތުން ކްލާސްތަކެއް ގެންގޮސްދީފައެވެ. އަދި އެއަށްފަހު ފުރަތަމަ ރައުންޑް އަދި ފައިނަލް ރައުންޑް ވަނީ ކުރިއަށް ގެންދެވިފައެވެ.
މުބާރާތުގައި ، ފަނޑިޔާރުކޮށް ، ފަނޑިޔާރުން ހަމަޖއްސަވާ ދިނުމުގައި އަދި މީގެ އިތުރުން އޯޑިޝަންއިން ހޮވުނު ބައިވެރީންނަށް ތަމްރީން ސެޝަންތައް ކުރިއަށް ގެންގޮސްދިނުމުގައި ކީރިތި ޤުރުއާންއާއި ބެހޭ މަރުކަޒުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާކަން މާލެ ސިޓީ ކައުންސިލްގެ އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީން ފާހަގަކުރެއެވެ.
.އަދި މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ކޮންމެ ބައިވެރިއަކަށް ޚަތިމް ހަދިޔާކޮށްފައިވެ