logo
Bank of Maldives

Bank of Maldives

ޚަބަރު

ރައްޔިތުންނަށް ދަތިވާގޮތަށް މަގުތަކުގައި ހުންނަ ކުންޏާއި ޕެލެޓްތައް ނެގުމަށް އަންގައިފި

އާމިނަތު ޝަފާ
16 ޑިސެމްބަރު 2024 - 07:12
މިފަހުން އާއްމުންނަށް އުނދަގޫވާގޮތަށް ކާތެކެތި އަޅަމުން ދިޔަ ޖަންކްޝަނެއް
މިފަހުން އާއްމުންނަށް އުނދަގޫވާގޮތަށް ކާތެކެތި އަޅަމުން ދިޔަ ޖަންކްޝަނެއް

މާލެސިޓީގެ ރައްޔިތުންނާއި ދުއްވާ ތަކެއްޗަށް ދަތިވާގޮތަށް މަގުތަކާއި ގޯޅިތަކުގައި ހުންނަ ކުންޏާއި ޕެލެޓްފަދަ ތަކެތި ނެގުމަށް މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.

ސިޓީ ކައުންސިލުން ކުރި އިއުލާނުގަިއ ބުނީ މާލެސިޓީގެ ރައްޔިތުންނާއި ދުއްވާ ތަކެއްޗަށް ދަތިވާގޮތަށް މަގުތަކާއި ގޯޅިތަކުގައި ހުންނަ ކުންޏާއި ޕެލެޓްފަދަ ތަކެތި މާލެސިޓީގެ މަގުތަކާއި ޢާންމު ތަންތާނގައި ގިނަވަމުންދާކަމުގެ ޝަކުވާ، ކައުންސިލަށް ލިބެމުންދާކަމަށެވެ. އެހެންކަމުން، އެފަދަ ތަކެތި މިހާރު ބަހައްޓާފައިވާ ފަރާތްތަކުން، 22 ޑިސެންބަރު 2024 ވަނަ ދުވަހުގެ 18:00 ގެ ނިޔަލަށް އެތަކެތި ނެގުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި މަގުމައްޗަކީ ދުއްވާ ތަކެއްޗަށާއި، އެންމެންނަށްވެސް ހިނގާބިނގާވެއުޅެން ފަސޭހަ، ރައްކައުތެރި އަދި ސާފުތާހިރު ތަނަކަށް ހެދުމަށް، ކައުންސިލުން ކުރަމުންގެންދާ މަސައްކަތުގައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންވާކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

 ވުމާއެކު މީގެފަހުން ކުންޏާއި މިފަދަ ތަކެތި ބަހައްޓާ ފަރާތްތައް ހޯދައި އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންދާނެކަން އަންގައި އެއްވެސް ބާވަތެއްގެ ކުންޏެއް، މާލޭގެ މަގުމަތީގައި ބެހެއްޓުމަކީ މަނާކަމެއްކަންވެސް ކައުންސިލުންވަނީ އަންގައި އިޢުލާނުކޮސްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭގެ ދެ މިސްކިތެއްގެ ހާލަތު މޭޔަރާއި ކައުންސިލަރުން ބައްލަވާލައްވައިފިޚަބަރު | 3 މަސް ކުރިންއޮޑިޓް ރިޕޯޓް ލަސްވަމުންދާތީ މާލެ ސިޓީ ކައުންސިލުން އޮޑިޓަރ ޖެނެރަލް އޮފީހުގެ އިސްވެރިންނާ ބައްދަލުކޮށްފިޚަބަރު | 4 މަސް ކުރިންހަފުތާއެއް ތެރޭގައި މާލެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން 516 މައްސަލަ ބަލައިފިޚަބަރު | 4 މަސް ކުރިންސިނަމާލެ ފްލެޓުތަކާއި ލިފްޓްތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިޚަބަރު | 6 މަސް ކުރިން