logo
Bank of Maldives

Bank of Maldives

ޚަބަރު

އޮޑިޓް ރިޕޯޓް ލަސްވަމުންދާތީ މާލެ ސިޓީ ކައުންސިލުން އޮޑިޓަރ ޖެނެރަލް އޮފީހުގެ އިސްވެރިންނާ ބައްދަލުކޮށްފި

މަރިޔަމް މާޙީ
3 ޖޫން 2026 - 04:49
އޮޑިޓް ރިޕޯޓް ލަސްވަމުންދާތީ މާލެ ސިޓީ ކައުންސިލުން އޮޑިޓަރ ޖެނެރަލް އޮފީހުގެ އިސްވެރިންނާ ބައްދަލުކޮށްފި

މާލެ ސިޓީ ކައުންސިލްގެ އޮޑިޓް ރިޕޯޓްތައް ޝާއިއުކުރުން ލަސްވަމުންދާތީ، އެކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، މޭޔަރު އާދަމް ޢާޒިމް ވަނީ ކައުންސިލުން ހުށަހަޅާފައިވާ އޮޑިޓްތަކުގެ މަސައްކަތްތައް ވީހާވެސް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމަވައި، އެ ރިޕޯޓްތައް އާންމުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. މި ބައްދަލުވުމުގައި މޭޔަރުގެ އިތުރުން ސިޓީ ކައުންސިލްގެ ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޭޔަރު ޢާޒިމް ފާހަގަކުރެއްވި ގޮތުގައި، މާލެ ސިޓީ ކައުންސިލް އޮޑިޓް ނުކުރާތާ މިހާރު 10 އަހަރު ވެފައިވެއެވެ. އަދި އެމަނިކުފާނު މޭޔަރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދެއްވި އެއް މަސައްކަތަކީ ކައުންސިލް އޮޑިޓް ކުރުން ކަމަށާއި، އެކަމަށް ބޭނުންވާ ހުރިހާ މައުލޫމާތަކާއި ލިޔެކިޔުންތަކެއް މިހާރު އޮޑިޓް އޮފީހާ ހިއްސާކޮށްފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ރިޕޯޓު ލަސްވަމުންދާ ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

ކައުންސިލްގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށްޓަކައި އޮޑިޓް ކުރުމަކީ ނުހަނު މުހިންމު ކަމެއްކަން ފާހަގަކުރައްވައި، ވީހާވެސް އަވަހަށް އޮޑިޓްގެ މަސައްކަތްތައް ނިންމައި ތަނުގެ ހަގީގީ ހާލަތު ސާފުކޮށްދެއްވުމަށް މި ބައްދަލުވުމުގައި މޭޔަރު ވަނީ އިލްތިމާސްކުރައްވާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮޑިޓް ރިޕޯޓް ލަސްވަމުންދާތީ މާލެ ސިޓީ ކައުންސިލުން އޮޑިޓަރ ޖެނެރަލް އޮފީހުގެ އިސްވެރިންނާ ބައްދަލުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންހަފުތާއެއް ތެރޭގައި މާލެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން 516 މައްސަލަ ބަލައިފިޚަބަރު | 2 ދުވަސް ކުރިންސިނަމާލެ ފްލެޓުތަކާއި ލިފްޓްތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިޚަބަރު | 2 މަސް ކުރިންއަމިއްލަ ކެންޑިޑޭޓު އިބްރާހީމްގެ ތާއީދު ޕީއެންސީގެ އަރީޝަށްޚަބަރު | 3 މަސް ކުރިން