ހަފުތާއެއް ތެރޭގައި މާލެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން 516 މައްސަލަ ބަލައިފި
1 ޖޫން 2026 - 12:06

މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން، ނިމިދިޔަ މޭއި މަހުގެ 24 އިން 30 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 516 މައްސަލަ ބަލައިފި އެވެ.
ކައުންސިލުން "ވީކްލީ ސްޓެޓިސްޓިކްސް"ގެ ނަމުގައި ނެރޭ ހަފްތާ ރިޕޯޓްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މި މުއްދަތުގެ ތެރޭގައި ޖުމްލަ 368 މައްސަލަ ބަލައި ނިންމާފައިވާއިރު، އިތުރަށް ބަލަމުންނާ 148 މައްސަލައެވެ.. އަދި ޖޫރިމަނާ ކުރެވިފައިވާ 7މައްސަލައެއްގެ އިތުރުން ނަސޭހަތް ދެވިފައިވާ 3 މައްސަލައެއް ވެސް ހިމެނޭ ކަމަށް ރިޕޯޓްގައި ވެ އެވެ.

Ad by Hajj Corporation
މި ހަފްތާގެ ތެރޭގައި އެންމެ ގިނައިން އެޓެންޑްކޮށްފައި ވަނީ އާންމު ރައްކާތެރިކަމާ ގުޅޭ މައްސަލަތަކަށެވެ. އެގޮތުން ފާހަގަ ކުރެވިފައިވަނީ މިސްކިތްތަކާއި މައިޒާން އަދި ޕާކްތައް ބަލައި ޗެކްކުރުމުގެ 203 މައްސަލަ އެވެ.
ދެ ވަނައަށް އެންމެ ގިނައިން އެޓެންޑްކޮށްފައި ވަނީ ކުނި މެނޭޖެްކުރުމާއިގުޅޭ ގުޅޭ މައްސަލަތަކަށެވެ. އެއީ މަގުތަކާއި ގޯޅިތަކާއި ހުސް ބިން އަދި ފަޅުތެރެއަށް ކުނިއެޅުމުގެ 309 މައްސަލަ އެވެ.
ތިން ވަނައަށް އެންމެ ގިނައިން ރިޕޯޓްކުރެވިފައި ވަނީ މަގު ނުވަތަ ޕޭމަންޓް މަތީގައި ޤަވާއިދާ ހިލާފަށް ޕެލެޓާއި ފޮށިގަނޑާއި އެހެނިހެން ސާމާނު ބެހެއްޓުން ނުވަތަ ޖަމާކުރުމާ ގުޅޭ ގޮތުން ފާހަގަވި 34 މައްސަލައެވެ.
ޖުމްލަ އަށް ދާއިރާއެއް ހިމެނޭ ގޮތަށް ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން ތައްޔާރުކޮށްފައިވާ މި ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ކުނި މެނޭޖްކުރުމާ ގުޅޭ މައްސަލަތަކާއި، އާންމު އިޖްތިމާއީ މިންގަނޑާ ހިލާފު ކަން


